ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ޤާއިމުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް ފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން: 30 މެއި 2018 ވާ ބުދަ ދުވަހުގެ 13:30
  • އަންދާސީ ހިސާބު ހުށަހެޅުން: 06 ޖޫން 2018 ވާ ބުދަ ދުވަހުގެ 13:30

މައުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބިޑު ހުށަހެޅުމަށް ބައިވެރި ނުވެވޭނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6528831 އަށް ގުޅުއްވުން އެދެމެވެ.

23 މޭ 2018
ހޯދާ