އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2018 ރިޔާސީ އިންތިޚާބުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން

މި އިޢުލާންވަނީ 24 މޭ 2018 14:41 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރ: A)AB-2018/72)

އިޢުލާން

2018 ރިޔާސީ އިންތިޚާބުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން

2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ހިންގުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުކުރާނެ 70 (ހަތްދިހަ) މީހުން ބޭނުން ވެއްޖެއެވެ. އަދި އޯގަސްޓް 11 އިން 17 އަށް މިޓްރެއިނަރުންނަށް މާލޭގައި ރިފްރެޝަރ ޕްރޮގްރާމެއް ހިންގޭނެއެވެ.

މިކަމަށް ކުރަންޖެހޭ އެންމެހައި ޚަރަދެއް ކުރާނީ މިކޮމިޝަނުންނެވެ. އަދި، މި ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތައް މިކޮމިޝަނާއެކު އިޤްރާރު ކުރެވި، އަތޮޅުގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2018 ވާ ބުރާސްފަތި  ދުވަހުގެ 14:00 ގެ ކުރިން މިކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން މި ކޮމިޝަނަށް ފޮނުވާ އެޕްލިކޭޝަނާއި ލިޔުންތަށް ފޮނުވާނީ [email protected] އަށް ނުވަތަ ހުށައަޅާނީ ކޮމިޝަނުގެ ރިސެޕްޝަނަށެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ އާއި ތަޢުލީމީ ފަންނުގެ މީހުންނަށް އިސްކަންދެވޭނެއެވެ.

މަސްޢޫލިއްޔަތު:

- ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުން.

- ރިޔާސީ އިންތިޚާބުގައި އަތޮޅުތަކަށް ފޮނުވާ ވޯޓު ކަރުދާސްތަކާއި ކަމާބެހޭ އެހެނިހެން ސާމާނު މާލެއިން އަތޮޅުތަކަށް ގެންދިޔުމާއި އަދި ވޯޓުލާ ނިމުމުން އެ ތަކެތި އަނބުރާ މާލެ ގެނައުން.

- ވޯޓުލާ ދުވަހު ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ ލަފާގެ މަތިން ދޭންޖެހޭ ފަންނީ ލަފަޔާއި އެހީތެރިކަން ވޯޓުލާ މަރުކަޒުގެ ވެރިންނަށް ދިނުން.

- ރިޔާސީ އިންތިޚާބު ނިމުމުން މަސައްކަތް ހިނގައި ދިޔަގޮތާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

- އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރުން.

- މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޟިލުކޮށްފައިވުން.

- ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

08 ރަމަޟާން 1439

23 މޭ 2018
ހޯދާ