ދިވެހިރާއްޖެ
މިމުއަށްސަސާގެ ބޭނުމަށް މާލެ އަދި ހުޅުލެއާ ދެމެދު ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)94-Q/1/2018/04 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮއް އަންދާސީ ހިސާބު ހުށައަޅާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 27 މެއި 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 30 މެއި 2018 ވާ ބުދަ ދުވަހުގެ 13:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.