ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން

އިޢުލާން
އެސިސްޓެންޓް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް
 
             މިޑިޕާޓްމަންޓުން ކުރިއަށް ގެންދާ އިމްތިޙާނުތަކުގެ އިދާރީ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ މީހަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ މީހުން 2018 މެއި 31 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިޑިޕާޓްމަންޓަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
 
މަޤާމު: އެސިސްޓެންޓް އޮފިސަރ
ބޭނުންވާ ޢަދަދު: 01
އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް 35.00 ރުފިޔާ
 
ޝަރުޠު:
   
1. ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން. ނުވަތަ:
 
2. އިންފޮމޭޝަން ޓެކްނޮލޮޖީ  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
              ފޯމު މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 10 މީހުންނާއެވެ. ޝޯޓް ލިސްޓް ކުރެވޭ މީހުންނަށް މަސައްކަތު 07 ދުވަހުގެ ތެރޭގައި ގުޅާނެ ވާހަކަ ދަންނަވަމެވެ. 07 ދުވަހުގެ ތެރޭގައި ނުގުޅާނަމަ، ޝޯޓްލިސްޓް ކުރެވޭ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނެނީއެވެ.
 
                 08ރަމަޟާން 1439
                 23 މެއި 2018
 
 
23 މޭ 2018
ހޯދާ