މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

 

(IUL) 25-A5/25/2018/ނަންބަރު:  20

 

 

 

 

 

 

މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ތަމްރީންހޯދުމަށް މަސައްކަތުގެ ފުރުޞަތު

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިންޓަރންޝިޕްގެ ފުރުސަތަށް އިއުލާންކުރަމެވެ. މި އިންޓަރންޝިޕްގެ މަޤްސަދަކީ ފޮރިން ސާރވިސްގެ ރޮގުންކުރިއަށްދާން ބޭނުންވާ ދިވެހީންނަށް އެފުރުސަތު ހުޅުވާލުމެވެ. މިނިސްޓްރީއަށް އިންޓަރނުން ބޭނުންވާ ޑިވިޜަން ތަކާއި އަދި ކުރައްވާނެ މައިގަނޑު މަސައްކަތް ތިރީގައި މިވަނީއެވެ

 

ލީގަލް އެފެއާރޒް ޑިޕާޓްމްންޓް                                                 

ބޭނުންވާ އަދަދު: 01

 

 

  • ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކާ ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓްތަކަށް މައުލޫމާތު ހޯދުމާއި، ކަމާބެހޭ އިދާރާތަކާއި، ޑިވިޜަންނާއި ގުޅިގެން ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • ލީގަލް އެފެއާރޒް ޑިޕާޓްމަންޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

 

 

ކޮމާރޝިއަލް ޑިޕްލޮމެސީ  ޑިވިޜަން                                                

ބޭނުންވާ އަދަދު: 01

 

  • ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުން      
  • ބަވަނަވަމުން އަންނަ ދުނިޔޭގައި ރާއްޖެއަށް (އިގުތިސޯދީގޮތުން) އަސަރުކުރާނެ ފަދަ ބައިނަލްއަޤްވާމީ ނިންމުންތަކާއި ހާދިސާތައް ދިރާސާކުރުމާއި، މި ދިރާސާތައް ޑިވިޜަނުގެ އެންމެ އިސްވެރިއާގެ މަޝްވަރާގެ ދަށުން ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އެހީތެރިވެދިނުން

 

 

 

ހިއުމަންރައިޓްސް ޑިވިޜަން                                         

ބޭނުންވާ އަދަދު: 01

  • ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ހުށަހަޅާ ރިޕޯޓްތަކަށް ބޭނުންވާ މައުލޫމާތު ހޯދުން، (ރިސާޗް މަސައްކަތް)، އަދި ރިޕޯޓް ތައްޔާރުކުރުމުގައި ޑިވިޜަނުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި އެހީތެރިވުން

ކޮންސިއުލަރ ސާރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު: 01

   

  • މިނިސްޓްރީން "އެޓެސްޓް" ކުރުމަށް އެދި އެކިއެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް، "އެޓެސްޓް" ކުރުމަށް ކަނޑައަޅާފައިވާ އުޞޫލްތަކާއި އެއްގޮތަށް ފުރިހަމަކޮށްދިނުން
  • ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ވިސާ ހޯދުމަށް ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި ވިސާ ޕޮލިސީތަކާއި ބެހޭ ފަހުގެ މައުލޫމާތު އެއްކުރުމާއި އަދި ވިސާއާއި ގުޅޭ އެންމެހާކަން ކަމުގައި އެހީތެރިވެދިނުން  

 

ފޮރިން ސަރވިސް ޓްރެއިނިންގ އިންސްޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)

ބޭނުންވާ އަދަދު: 01

  • ފޮސިމް އިން ހިންގާ ޓްރެއިނިންގ  ތަކަށް ބޭނުންވާ ރިސާޗް މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ފޮސިމްގެ ކުއަރޓަލީ ނިއުސް ޕަބްލިކޭޝަން ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން

އެޑްމިނިސްޓްރޭޓިވް ޑިވިޜަން   

ބޭނުންވާ އަދަދު: 01

  • މިނިސްޓްރީގެ އިންވެންޓްރީ އަދާ ހަމަކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
  • މިނިސްޓްރީގެ ލިޔުންތައް އާކައިވް ކުރުމާބެހޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތުގައި އެހީވުން

 

 

މިކަމަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތުތައް

 

  • މިކަމުގެ ތަމްރީންގައި އުޅޭދުވަސްކޮޅު ފޮރިންއެފެއާޒުން މުސާރައެއް ނުވަތަ އުޖޫރައެއް ނުލިބޭނެއެވެ.
  • މި ތަމްރީން ފުރަތަމަ ހުޅުވައިމިލަނީ 3 މަސް ދުވަހަށެވެ. އެހެން ނަމަވެސްޝައުގުވެރިކަން ހުރިފަރާތްތަކަށް އެއް އަހަރު ދުވަހަށްވެސް މުއްދަތު އިތުރުކުރެވިދާނެއެވެ.
  • މިކަމަށް ކުރިމަތިލާމީހުންގެ ތެރެއިން ފުރަތަމަ ޑިގްރީ ނަވަތަ މާސްޓަރސް ފުރިހަމަކުރަމުންދާ ފަރާތްތައް ނުވަތަ ޖީ.ސީ.އެސް.އީ އެޑްވާންސް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ތަމްރީންގައި ބައިވެރިވެވިދާނެއެވެ.
  • މިޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރައަކީ 18 އަހަރާއި 30 އަހަރާ ދެމެދެވެ.
  • ހޮވޭމީހުން ބަލާނީ ލިބިފައިވާ ސަނަދާއި ހުނަރާއި މިނިސްޓްރީގެ ބޭނުމަށް ފެތޭތޯ ބެލުމަށްފަހުއެވެ.
  •  މިކަމަށް އެކަށީގެންވާކަމަށް ފެންނަ މީހުންނާއި ވަކީން އިންޓަވިއު ކުރެވޭނެއެވެ.

 

       

 

މަތީގައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުން މިނިސްޓްރީގެ އިންޓަރންޝިޕަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ސީ.ވީ އާއި ތަޢުލީމީ ސެޓްފިކެޓްތައް 31 މެއި  2018  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ. އިންޓަރންޝިޕްއަށް އެދޭފޯމް މިނިސްޓްރީގެ ވެބްސައިޓުން އަދި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

 

22 މެއި 2018

22 މޭ 2018
ހޯދާ