އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ސަރފޭސް ޕްރޯ ގަތުމަށް

އިޢުލާން

މިއިދާރާއަށް ގަންނަން 08(އަށެއް) ސަރފޭސް ޕްރޯ 5 ގަންނަން ބޭނުންވެ ކުރެވުނު ނަންބަރު: (IUL)426-AA/426/2017/181 އިޢުލާނަން ހުށަހެޅުނު އަންދާސީ ހިސާބުތައް އެދެވިގެންވާ ވަރަށް ވުރެ އަގު ބޮޑުކަމަށް ފާހަނގަ ކުރެވޭތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތާއި ގުޅޭ ބީލަންފޯމް 2018 މޭ 24 ވާ ބުރާސްފަތި ދުވަހުގެ 10:30ން ފެށިގެން 2018 މޭ 31 ވާ ބުރާސްފަތި ދުވަހުގެ 12:00ށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 ޖޫން 04 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 މޭ 24 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2018 ޖޫން 03 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 ޖޫން 03 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]  

ކޮޕީ :    [email protected]

07 ރަމަޟާން 1439 

22 މޭ 2018
ހޯދާ