މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅީފަޅު އެމް.ޑަބްލިޔު.އެސް.ސީ ސައިޓް އިން ބިން ކުއްޔަށް ހިފާނޭ ފަރާތްތައް ހޯ÷ދުން

 ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

މިކުންފުނީގެ ފަރާތުން ޙިއްސާކުރެވޭ މަޢުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ގުޅީފަޅު އެމް.ޑަބްލިޔު.އެސް.ސީ ސައިޓް އިން ބިން  ކުއްޔަށް ހިފާނޭ ފަރާތްތައް ހޯދަން ބޭނުންވެއެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ.ބީލަންފޮތްތަކަށްފައިސާ ބަލައިގަތުން އޮންނާނީ 22 މެއި 2018 އިން 30 މެއި 2018  އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 24 މެއި 2018 އިން 30 މެއި 2018 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.                         

 މަޢުލޫމާތު ދިނުމަށްޓަކައި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 03 ޖޫން 2018 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ) ގައެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ސުންގަޑިއަކީ 10 ޖޫން 2018 ވާ އާދިއްތަ ދުވަހު ގެ މެންދުރުފަހު 01:00 ގައި އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ) ގައެވެ.ބިޑް ސެކިއުރިޓީ ގެ ގޮތުގައި ބިޑް ހުށަހަޅުއްވާއިރު -/50000 ރުފިޔާގެ ބިޑް ސެކިއުރިޓީ އެއް ހުށައަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިން އެވާރޑްކުރެވޭ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓް ގޮތުގައި3 މަހުގެ ކުލި އެވޯރޑްކުރެވޭތާ 5 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

 

22 މެއި 2018

22 މޭ 2018
ހޯދާ