އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ހޯދުމަށް

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ،

ދިވެހިރާއްޖެ

 

 

 

ކޮންސަލްޓެންސީ  ހޯދުމަށް

ތާރީޚް:

05 ރަމަޟާން 1439

22 މޭ 2018

ނަންބަރު:

123-A/IUL/2018/16 

މި ކޮމިޝަނުގައި ގާއިމުކޮށްފައިވާ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކޮށް، އިތުރުކުރަންޖެހޭ މޮޑިއުލްތައް އިތުރުކުރުމާށާއި، މިހާރު އެ ސިސްޓަމުގައި ހުރި މޮޑިއުލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ސޮޕްޓްވެއަރ ޑިވަލޮޕްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ޖޫން 2018 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން އެކަމަށް އެދި މިކޮމިޝަނަށް ލިއުމަކުން ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާއިރު އެފަރާތެއްގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު ހުށަހަޅަންވާނެއެވެ. ލިއުން ހުށަހަޅުއްވާނީ ހުރަވީ ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީ މެއިލް އެޑްރެސްއަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި، ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަނަވާނެ ޝަރުތުތައް ހިމެނޭ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި ކޮމިޝަނުގެ ވެބްސައިޓް www.acc.gov.mv  އިން ޑައުންލޯޑްކުރެވޭނެއެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނަންބަރު 3015214 އާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

22 މޭއި 2018

 

 

 

 

22 މޭ 2018
ހޯދާ