ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަންގިފިލާތަކުގައި ޖަހާފައިވާ މުށިތައް ނެއްޓިފައިވާތީ އެ ތަންތަނުގައި އަލުން މުށި ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަންގިފިލާތަކުގައި ޖަހާފައިވާ މުށިތައް ނެއްޓިފައިވާތީ އެތަންތަނުގައި މުށިޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމާބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv  ގެ ނޯޓިސްބޯޑުން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 23 މެއި 2018 ވާ ބުދަ ދުވަހުގެ 13:00 އަށް ވިލިމާލެގައި ހުންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް  އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ރަމަޟާން    1439

21 މޭ 2018
ހޯދާ