މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮތް ކޮމްޕައިލްކޮށް ލޭއައުޓް ހަދާ ޗާޕްކުރުމަށް ބޭނުންވެއްޖެ

މިނިސްޓްރީއޮފްއެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ

 

ނަންބަރު: IUL)22-E/22/2018/86) 

 

އިޢުލާން

ފޮތް ކޮމްޕައިލްކޮށް ލޭއައުޓް ހަދާ ޗާޕްކުރުމަށް ބޭނުންވެއްޖެ

ތައުލީމީ ދާއިރާގެ އެކި އިސްނެގުންތަކުގެ މައުލޫމާތު ހިމަނައިގެން ޖުމްލަ 160 ސޮޕްހާގެ 20 ބުކްލެޓް ކޮންމެ ސެޓެއްގައި ހިމެނޭ ގޮތަށް 350 ބޮކްސް ސެޓް ކޮމްޕައިލްކޮށް، ލޭއައުޓު ހަދާ، ޕުރިންޓު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ގްރައުންޑް ފްލޯރ، ގާޒީ ބިލްޑިންގ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ގްރައުންޑް ފްލޯރ، ގާޒީ ބިލްޑިންގ)އަށް ހުށައެޅުއްވުން އެދެމެވެ.        

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

23 މެއި 2018 ވަނަ ބުދަ ދުވަހު 11:00 އަށް

27 މެއި 2018 ވަނަ އާދީއްތަ ދުވަހު 11:00 އަށް

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341316، 3341318  ނަމްބަރ ފޯނާއެވެ.

 

މިމަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯރކްސް އެންޑް ނަންކޮންސަލްޓަންސީ ސާރވިސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

 

20 މެއި 2018

 

 

20 މޭ 2018
ހޯދާ