މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                                                       ނަންބަރ: IUL)MMPRC/1/2018/22) 

                     އިޢުލާން

މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭނުންކުރާނެ "ރިސޯޓް ހޮޓެލް ގައިޑް" 01 (އެކެއް) އަހަރުގެ މުއްދަތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު IUL)MMPRC/1/2018/18) އިޢުލާނާއި ގުޅިގެން، އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2018 މެއި 24  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް ވެލާނާގެ، 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މެއި 31 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                   05 ރަމަޟާން 1439ހ.

                   20  މެއި 2018މ.                

 

 

 

20 މޭ 2018
ހޯދާ