ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މިކައުންސިލްގެ "މާވަރު" ލޯންޗްގައި ހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)233-ADS/233/2018/7 (23 އޭޕްރީލް 2018) އިޢުލާނާއި ގުޅިގެން މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެލައްވާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، 30 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެބޭފުޅެއްގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިއްޕަވައިގެން ހާޟިރުވެވަޑައިގަތުން އެދެމެވެ.
އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް: |
|
މަސައްކަތުގެ އަގު (އެންމެ ކުޑަ ކޮށް ހުށަހަޅާ އަގަށް) |
55 ޕޮއިންޓް |
މަސައްކަތު ތަޖުރިބާ (ހުށަހަޅާ ލިޔުންތަކަށް ބަލާފައި) |
20 ޕޮއިންޓް |
މާލީ ގާބިލުކަން |
15 ޕޮއިންޓް |
މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް) |
10 ޕޮއިންޓް |
ޖުމްލަ |
100 ޕޮއިންޓް |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.