ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
STO in vikka Air Condition Male', Hulhumale, Villimale, Thilafushi, Gulhifalhu gai harukohdheyne faraatheh hoadhumah

އިއުލާން    

 އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް، އެސްޓީއޯ ވިލިމާލެ ފިހާރަ އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގައި ހަރުކޮށްދިނުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތައް ކޮށްދޭނެ 02 ފަރާތެއް ހޯދަންބޭނުންވެއްޖެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް، އެސްޓީއޯ ވިލިމާލެ ފިހާރަ އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގައި ހަރުކޮށްދިނުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތައް ކޮށްދޭނެ 02 ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

  

ރަޖިސްޓަރީކުރުން:      ރަޖިސްޓަރީ ކުރައްވަން ބޭނުންވެލައްވާ ބޭފުޅުން 2018 މެއި 24  ވާ ބުރާސްފަތި ދުވަހު 1100 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 

ބީލަންކަރުދާސްދޫކުރުން:   ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 މެއި 24 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތުދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 މެއި 27 ވާ އާދިއްތަ ދުވަހު 1300 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

 

ސުވާލާއިޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންވެލައްވާ ސުވާލުތައް 2018 މެއި 29 ވާ އަންގާރަ ދުވަހުގެ 1300  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 މެއި 30 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ޖޫން 04 ވާ ބުދަ ދުވަހު 1300 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

 

                   ފޯނު:       3344180، 3344321

                   ފެކްސް:     3344633

     އީމެއިލް: [email protected]

15 މެއި 2018

15 މޭ 2018
ހޯދާ