މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ހިޔާ އެކްސްޕޯ 2018" ޕްރޮގްރާމްގެ ފޯމު ދޫކުރުމުގެ ރަމަޟާން މަހުގެ ގަޑިތަކަށް ބަދަލު އައުމާއި ގުޅޭ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ "ހިޔާ އެކްސްޕޯ 2018" ޕްރޮގްރާމްގެ ފޯމު ދޫކުރުމުގެ ރަމަޟާން މަހުގެ ގަޑިތަކަށް ބަދަލު އައުމާއި ގުޅިގެން ތިރީގައި ދެންނެވިފައިއެވާ ގަޑި ތަކުގައި ދަރުބާރުގެއިން ފޯމު ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                 

  • ހޮނިހިރު ދުވަސް – ރޭގަނޑު 21:00 – 23:00 އަށް
  • އާދިއްތަ  – ބުރާސްފަތި 10:30 – 13:30 އަށް

         ރޭގަނޑު 21:00 – 23:00 އަށް

 

އަދި މީގެ އިތުރުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފޯމު ދޫކުރަން ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

15 މޭ 2018
ހޯދާ