ދިވެހިރާއްޖެ
މިކައުންސިލުން ކުރިއަށް ގެންދާ ށ.އަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުގައި ޑިޖިޓަލް ނޯޓިސްބޯޑު ޤާއިމުކުރުމުގެ ޕްރޮޖްކްޓަށް ބޭނުންވާ ތިރީގައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
# |
ތަފްޞީލް |
ބޭނުންވާ ޢަދަދު |
1 |
55” އެލް.އީ.ޑީ ޓީ.ވީ |
12 |
2 |
މިނީ ޕީސީ |
12 |
ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 މެއި 23ވާ ބުދަ ދުވަހުގެ 11:00އަށް މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މެއި 31ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނި، ޕާޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރައިގެ 6540025،6540038 ނަންބަރަށް ގުޅުއްވުން އެދެމެވެ.
29ޝަޢުބާން 1439
15 މެއި 2018