މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރ: J-229306

ބޭނުންވާ އަދަދު: 01

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް: ކޯޕަރޭޓް އެފެއަރސް ޔުނިޓް

މުސާރަ: 7035.00 ރުފިޔާ

ސަރވިސް އެލެވަންސް: 2,000.00ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް: 900.00 ރުފިޔާ

އިތުރު ޢިނާޔަތްތައް: ސިވިސް ސަރވިސް މުވައްޒަފުންނަށް ލިބިދެވޭ އިތުރުގަޑީގެ ފައިސާއާއި ބަނދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މުސާރައިގެ

އިތުރުން ދެވޭ އެލަވަންސާއި ރަމަޟާން މަހުގެ މުނާސަބަތުގައި ދެވޭ ޢިނާޔަތު ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ލިބިދެވޭނެއެވެ. 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

  1. ކައުންސިލްގެ އަހަރީބަޖެޓް ޔުނިޓްތަކާ ގުޅިގެން ތައްޔާރުކުރުމާއި ބެލެހެއްޓުން.
  2. ކައުންސިލުންކުރާ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާދެއްކުން.
  3. ކައުންސިލްގެ ފައިސާއާއި މުދަލާއި ތަކެތި، މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓުން.
  4. ކައުންސިލްގެ ބަޖެޓްފައިސާ އަދި ޚަރަދުތަކާއި ބެހޭގޮތުން ކުރަންޖެހޭ މުޢާމަލާތް ކުރުމާއި އަދި ކައުންސިލްގެ އިސްވެރިންނަށް ބޭނުންވާ މަޢްލޫމާތު ދިނުމާއި ލަފާ އެރުވުން.
  5. ކައުންސިލުން ބޭނުންކުރާ އަސާސީ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އެޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ގޮތުގެމަތިން ހިނގާ ޚަރަދުތައް ކުޑަވާނެ ނިޒާމެއް ޤާއިމުކޮށް ބެލެހެއްޓުން.
  6. އެހީގެގޮތުގައި ކައުންސިލަށްލިބޭ ފައިސާގެ ބަޖެޓް ބެލެހެއްޓުން.
  7. ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  8. ކޯޕަރޭޓް އެފެއާޒްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެ ދިނުން.
  9. ކަރަންޓް ރީޑިންގ ނަގައި، ބިލްހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ،ބިލްތަކުގައިވާ ފައިސާ ހޯދުމުގެ މަސައްކަތް މުވައްޒަފުންލައްވާ ކުރުވާ ބެލެހެއްޓުން.
  10. ރައްޔިތުންގެ ދޯނި ފަހަރާއި ކުރާ ވިޔަފާރިތަކުގެ އެންމެހައި ކަންކަން މުވައްޒަފުން ލައްވާ ކުރުވާ ބެލެހެއްޓުން.
        11. ކައުންސިލްގެ އަދި ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަގާމުގެ ޝަރުތުތައް: 

1.      ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ

އޮނިގަނޑުގެ ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ

މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

2.      ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ

އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ

މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ

އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1.      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން

ލިބެން ހުންނާނެއެވެ.)

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ

ލިޔުންތައް އެނގޭފަދަ ކޮޕީއެއް.

4.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ،

އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5.      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ

ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރި

ކަމުގެ ލިޔުމުގެ ކޮޕީ.

6.      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7.      ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.      މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ

މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ

މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް

އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

   -          ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް: %35

-          ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާން: %5

-          ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ:

   - އިންޓަވިއު އަދި ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް: %45

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 29 މެއި 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] އަދި ފެކްސް: 6640074  މެދުވެރިކޮށްވެސް

ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ މުއްދަތަށް

ވަޒީފާއަށް އެދޭ ފޯމުތައް ބަލައިގަނެވޭނެއެވެ. ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ ވަޒީފާއަށް އެދޭ ފޯމު ބާޠިލުކުރެވޭނެއެވެ.

 އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ

04 ޖޫން 2018 އާއި 06 ޖޫން 2018 އާ ދެމެދު، މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

 

ޝޯޓް ލިސްޓް ކުރުން: މި ވަޒިފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،

ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640074 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6640074 އެވެ.އީ މެއިލް

ކުރައްވާނީ [email protected] އަށެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640074 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6640074 އެވެ.

އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

 

15 މޭ 2018
ހޯދާ