ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ / މާލެ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :6

އެގްޒާމް އިންވިޖިލޭޓަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ޙާއްސައެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވެދޭނެ (އިމްތިހާނު ޕޭޕަރުގައިވާ ސުވާލުތައް ކިޔައިދީ، ދަރިވަރުދޭ ޖަވާބުތައް ލިޔެ ހަދައިދޭނެ) ފަރާތެއް ބޭނުންވެއެވެ.  

 

ބޭނުންވާ އަދަދު:

6

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒު (މާލެ)

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300ރ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

 

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން
  • ޝަހާދާ ޡާނަވިއްޔާ/ އަރަބި ބަހުގެ ޑިޕްލޮމާ / އިސްލާމިކް ސްޓަޑީޒް ޑިޕްލޮމާ / އިސްލާމިކް ސްޓަޑީޒް ޑިގްރީ ފެންވަރު ހުރި މީހަކަށްވުން ނުވަތަ
  • ދިވެހިބަހުން އަދި ޢަރަބިބަހުން ލިޔެކިޔުމުގެ ގާބިލުކަންހުރި މީހަކަށްވުން.

 

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިހާނު އޮންނަ ގަޑިތަކުގައި ( 24 މެއި 2018 އިން 9 ޖޫން 2018)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

22 މެއި 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަގާމަށް އެދި ހުށަހަޅާ ސިޓީ
  • ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

 

15 މޭ 2018
ހޯދާ