ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުުރުޞަތު

މަޤާމް :

 އެޑްމިނިސްޓްރޭޓިވް އޮފިސަރ       

މަޤާމް ނަންބަރު :

J-216926   

ބޭނުންވާ ޢަދަދު:

1  

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

 ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / ހ. ވެލާނާގެ، 4 ވަނަ ފަންގިފިލާ / މާލެ.

މުސާރަ:

 -/4465 ރުފިޔާ ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަށް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

 -/1500 ރުފިޔާ  (އެއްހާސް ފަސް ސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލެވަންސް: -/700 ރުފިޔާ  (ހަތް ސަތޭކަ ރުފިޔާ)
  2. އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލެވަންސް (އަސާސީ މުސައިރާގެ %35) 
  3. ސިވިސް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  5. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1-    ރާއްޖޭގެ އުފަންވާކުދިންނާއި މަރުވާމީހުންގެ މައުލޫމާތު ކަނޑައެޅިފައިވާ އުސޫލުން ވީ އާރ އެސް އަށް އެންޓަރކުރުން

 2-    ވިހާ މަރުވާ ފޯމް ތަށް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ރަށްރަށުން ހޯދާ ގަވައިދުން ފައިލްކޮށް ބެލެހެއްޓުން

 3-    ވިހާ މަރުވާ ފޯމް ތަކުގައި ހުންނަ މައުލޫމާތުތަށް ޑާޓާ ބޭސް އަށް އެންޓަރ ކުރުމުގެ ކުރިން ފޯމުގެ މައުލޫމާތު ފުރިހަމަތޯ ބަލާ ޗެކް ކޮށް މައުލޫމާތު     ފުރިހަމަނޫން ފޯމު ތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްރަކާ ގުޅައިގެން ފުރިހަމަކުރުން.

  4-    ވިހާމަރުވާ ހިސާބުތައް ރަނގަޅުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

  5-    ޔުނިޓުގެ އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަށް ކުރުން.

  6-    ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން

  7-    ޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި www.dnr.gov.mv ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ   ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،   ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ   މަސްއޫލިއްޔަތު  އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ   ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ތަޖުރިބާ
  2. ލިބިފައިވާ އެހެނިހެން ހުނަރު
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން 

މަޤާމަށް އެދެންވީ ގޮތާޢި ސުންގަޑި:

 މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 މޭ ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަށެވެ.   ވަޒީފާއަށް  އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު   ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 29 މޭ 2018 ން 7 ޖޫން 2018 އާ ދެމެދު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގައި   އޮންނާނެއެވެ.  ވުމާއެކު މިވަޒީފައަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ   ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރެޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 މިމަޤާމަށް މީހަކު ހޮވުމަށް ކަނޑައެޅިފައިވާ ކްރެޓީރިއާގެ ހުރިހާ ބަޔަކަށް އެންމެ ދައްވެގެން %30 (ތިރީސް އިންސައްތަ) ލިބެން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323815 ނަންބަރާއެވެ. ފެކްސް ކުރާނެ ނަންބަރަކީ 3325160 ނަންބަރަށެވެ. އީމެއިލް   އެޑްރެހަކީ  [email protected] އެވެ. މެއިލް އާއި ފެކްސް ކޮށްގެން ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ މަޤާމަށް ކުރިމަތިލާ ފަރާތުގެ   ޒިންމާއެކެވެ.  

07 މޭ 2018
ހޯދާ