ހައްދުންމަތީ އިސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށް އަލަށް ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް

ހައްދުއްމަތީ އިސްދޫ މެޖިސްޓްރޭޓް ކޯޓު

  ލ.އިސްދޫ

  ދިވެހިރާއްޖެ.

 

      ނަންބަރު:  (IUL)O1MC/2018/01)

 

އިޢުލާން

ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށް އަލަށް ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް

ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 21 މޭ 2018 ވާ ހޯމަ ދުވަހުގެ 13:00 ގައި ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. މި ސެޝަނުގައި މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ އެހެނިހެން މަޢުލޫމާތު ލިޔުމުން ދެވޭނެއެވެ.

އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 28 މޭ 2018

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓު

އަދި ދަންނަވަމެވެ. މި މަސައްކަތް ކުރުމަށްޓަކައި ކުރިން ކުރެވުނު ޢިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ޝީޓަށް ބަދަލެއް ގެންނަން ޖެހުމާއި ގުޅިގެން ދެންނެވުނު އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާތިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 6800636 ފޯނާ ގުޅުއްވުން އެދެމެވެ.

28 ޝަޢުބާން  1439

14 މޭ      2018

 

14 މޭ 2018
ހޯދާ