މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް މެމްބަރުން ހޮވުމަށް

ކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރުމާއި އަދި އިންތިޚާބް އޮންނަ ތާރީޚްއާއި ގުޅޭ އިއުލާން.

ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލުމަށް ހަމަޖައްސާފައިވަނީ ތިރީގައި ދެންނެވިފައިވާ ދާއިރާގެ މެމްބަރެވެ.

ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) (4) ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބް ކުރާ މެންބަރަކު ހޮވުމަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައިވާ ކެންޑިޑޭޓްގެ މަޢުލޫމާތު ތަރުތީބު ކުރެވިފައިވާ ގޮތަށް ތިރީގައި މިދަންނަވަނީއެވެ.

ކެނޑިޑޭޓް ނަމްބަރު

ފުރިހަމަ ނަން

އެޑްރެސް

އަތޮޅާއި ރަށް

01

މުޙައްމަދު މުޞްޠަފާ ފާރޫޤް

މ.ނޫރަނުގެ

ކ.މާލެ

 ވީމާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލައްވާފައިވާ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކަށް 2018 ޖޫން 04 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ހުށަހެޅުމަށް އެދި އާއްމުކޮށް އިޢުލާން ކުރީމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގައި ތަމްސީލް ކުރައްވާނެ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުން 2018 ޖޫން 27 ވާ ބުދަ ދުވަހުގެ 09:00 ން 14:00 އަށް، މާލޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި އޮންނާނެއެވެ.

 

ވޯޓުލާން ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބް ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރާނަމަ ރަޖިސްޓްރީ ކުރުމަށް  ހުށަހަޅާ ފޯމާއި، އަދި ސައިކިއެޓްރިސްޓެއް / ސައިކޮލޮޖިސްޓެއް / ކައުންސެލަރެއްކަން އަންގައިދޭ ލިޔުން އަދި އައި.ޑީ.ކާޑްގެ ކޮޕީ ހުށައަޅަން ވާނެއެވެ.

ވޯޓުލާން ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިޔުންތައް:

ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބް ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގަންނަވާއިރު މިނިސްޓްރީއިން ރަޖިސްޓްރީ ވިކަމުގެ ލިއުން އަދި އައިޑީކާޑު ގެންނަންވާނެއެވެ.

  * * * * * * * * *

 

14 މޭ 2018
ހޯދާ