ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ބޭނުމަށް އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމަށް

 

އޮފީސް ޢިމާރާތެއް ކުއްޔަށްހިފުމަށް

              

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ބޭނުމަށް އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ޢިމާރާތް ވާން ޖެހޭނީ 6500 އަކަފޫޓާއި 7500 އަކަފޫޓާއި ދެމެދުގެ ޢިމާރާތަކަށެވެ.  އަދި ޖުމުލަ އަކަފޫޓުހިސާބުކުރުމުގައި، 3 ފަންގިފިލާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މެއި 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 30 މެއި 2018 ވާ ބުދަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

14 މޭ 2018
ހޯދާ