ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/137 (26 އެޕްރީލު 2018) އިޢުލާނާއި ގުޅިގެން އެކިށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި އިޢުލާން ބާޠިލްކޮށް، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.
ބޭނުންވާ އަދަދު |
ތަފްޞީލް |
300 |
ބަސްތާ ސިމެންތި |
700 |
ބަސްތާ ހިލަ |
700 |
ބަސްތާ ރިވަރ ސޭންޑް ކޯސް |
50 |
ޕްލައިވުޑް 12 އެމް އެމް |
30 |
ޖީއައި ޕައިޕް "2/1 1 (ލޯ ޕްރެޝަރ) |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މެއި 21 ވާ ހޯމަ ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 / 3004378 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
27 ޝައުބާން 1439 ހ.
13 މޭ 2018 މ.