ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ކައުންސިލްގެ 8 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

ހއ ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ކައުންސިލްގެ 8 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، ބައިވެރިވި ބޭފުޅުންގެ ޢަދަދު މަދުކަމުން، އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިހާރުވަނީ 15 މޭ 2018 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިތުރުކުރެވިފައެވެ.  

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވަންދެން މި ކައުންސިލް އިދާރާގެ ކައުންޓަރުން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 2:00 ގެ ނިޔަލަށް ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްއިން ފޯމް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

13 މޭ 2018
ހޯދާ