ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖޭއޭ މަނަފަރު ރިޒޯޓުން ދިއްދޫ ރައްޔިތުންނަށް ހަދިޔާކުރެއްވި ކަދުރު ބެހުމާ ގުޅޭ

ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ޖޭއޭ މަނަފަރު ރިޒޯޓްގެ ފަރާތުން ދިއްދޫ ރައްޔިތުންނަށް ހަދިޔާކުރެއްވުމަށްޓަކައި މޮޅު ކަދުރު ކޭސްތަކެއް ވަނީ މި ކައުންސިލަށް ހަދިޔާކުރައްވާފައެވެ. މީގެ ކުރިން، މި ކަދުރު މި ކައުންސިލުން ބަހަމުން ގެންގޮސްފައިވަނީ ދިއްދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށް އެކަންޏެވެ. އެހެންނަމަވެސް، މި ކަދުރު ހަދިޔާކުރެއްވި ފަރާތުގެ މަޤްޞަދު ހާޞިލްކުރެވޭނީ، މި ކަދުރުތައް ސީދާ ރައްޔިތު މީހާއަށް ފޯރުކޮށްދިނުމުން ކަމުގައި މި މި ކައުންސިލަށް ފެންނާތީ، މި އަހަރު މި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ދިއްދޫ ރައްޔިތުންނަށެވެ. އެހެންކަމުން، މި ކަދުރު ބޭނުންފުޅުވާ ދިއްދޫގެ 18 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ވެސް މި ކަދުރު ހުސްވަންދެން، ކޮންމެ ބޭފުޅަކަށް ވެސް 1 ޕެކެޓް ކަދުރު ލިބޭ ގޮތަށް މި ކައުންސިލުން މިހާރުވާނީ ހަމަޖައްސާފައެވެ.

ވީމާ، ޖޭއޭ މަނަފަރު ރިޒޯޓުން ދިއްދޫ ރައްޔިތުންނަށް ހަދިޔާކުރައްވާ ކަދުރު ބޭނުންފުޅުވާ ބޭފުޅުން 12 މޭ 2018 ވާ ހޮނިހިރު ދުވަހުގެ 9:00 އާއި 11:00 އާ ދެމެދު އެ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން މި ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

10 މޭ 2018
ހޯދާ