އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ

                                                         ނަންބަރު: IUL)345-CAA/345/2018/15)

އިޢުލާން

  • ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ:

               މިއިދާރާގެ ނަންބަރު IUL)345-CAA/345/2018/14) (25 އޭޕްރިލް 2018)  ގައިވާ ޑަބްލިޔު ރިސޯޓުން ކުނިގެނެސްދޭނެ ދޯންޏެއް ހޯދުމަށް ކުރި އިޢުލާނަށް އިޖާބަދީ އަންދާސީ ހިސާބު ހުށަހަޅަން ދުރުވި ފަރާތްތަކުގެ އަދަދު އެކަށީގެންވާ ވަރަށް ވުރެ މަދުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

             މި އިދާރާއިން އަންގާގޮތެއްގެ މަތިން ޑަބްލިއު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމަށް ބޭނުންވެއެވެ. 

             ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މެއި 2018 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 މެއި 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

             މަޢުލޫމާތާއި އަގު ހުށައެޅުމަށް އެހެންފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އެސްޓިމޭޓް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ޑަބްލިއު މޯލްޑިވްސް ރިސޯޓުން ކުނިގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

10 މޭ 2018
ހޯދާ