ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގައި ހަރުކޮށްފައިހުރި 03 އެއަރކަންޑިޝަން ސިސްޓަމެއް ނައްޓައި 03 އައު އެއަރކަންޑިޝަން ސިސްޓަމް ސަޕްލައިކޮށްދީ ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 މިކޯޓުގައި ހަރުކޮށްފައިހުރި 03 އެއަރކަންޑިޝަން ސިސްޓަމެއް ނައްޓައި 03 އައު އެއަރކަންޑިޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް

 މިކޯޓުގައި ހަރުކޮށްފައިހުރި 03 އެއަރކަންޑިޝަން ސިސްޓަމެއް ނައްޓައި، 03 އައު އެއަރކަންޑިޝަން ސިސްޓަމް ސަޕްލައިކޮށް ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޯށްދޭނެ ފަރާތެއް ހޯދަން ބޭނުއްވެއްޖެއެވެ.

 ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2018 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 މޭ 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. އަދި ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 23 ޝަޢުބާން 1439

 09   މޭ   2018

09 މޭ 2018
ހޯދާ