މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީގައި އައިޑީކާޑު ކަލެކްޓިން ޕޮއިންޓެއް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި ބެހޭ

މ.މަޑުއްވަރީގައި އައިޑީކާޑު ކަލެކްޓިން ޕޮއިންޓެއް ޤާއިމުކުރުމަށް ބޭނުންވާތީ ، އަންނަނިވި ތަކެތި މި އިދާރާއަށް ވިއްކަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ގަންނަން ބޭނުންވާ ތަކެތީގެ އަދަދު

ގަންނަން ބޭނުންވާ ތަކެތީގެ ނަން

1

ކޮމްޕިއުޓަރ ސިސްޓަމް

1

ސްކޭނަރ

1

ފިންގަރ ޕްރިންޓް ޑިވައިސް

1

ސިގްނޭޗަރ ޕޭޑް

1

ޑިޖިޓަލް ކެމެރާ

 

ގަންނަން ބޭނުންވާ މި ދެންނެވުނު ތަކެތީގެ ސްޕެސިފިކޭސަން އާއި ކަމާއި ގުޅޭ މަޢުލޫމާތު ލިޔުން 13 މެއި 2018 ދުވަހުގެ 9:00 އިން ފެށިގެން 20 މެއި 2018 ވަނަ ދުވަހުގެ 14:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ދޫކުރަމުން ގެންދާނެއެވެ. މަޢުލޫމާތު ލިޔުން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ނަންބަރު 6720039 ގުޅުއްވުމުން އީމެއިލްގެ ޒަރީއާއިން ނުވަތަ މީސްމީޑިޔާ މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

މަޢުލޫމާތު 16 މެއި 2018 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ސާފުކުރެއްވި ފަރާތްތަކުން އައިޑީކާޑު ކަލެކްޓިން ޕޮއިންޓަށް ބޭނުންވާ ތަކެތި ވިއްކޭނެ އަގު ހިމެނޭ އަންދާސީ ހިސާބު 24 މެއި 2018 ވަނަ ދުވަހުގެ 13:00 ގައި ހުށަހަޅުއްވަންވާނެއެވެ.

 

މަޢުލޫމާތު ސާފުކޮށްފައިނުވާ އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮތް ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަވާނީ ސިޓީ އުރައަކަށްލާ ބަންދުކުރައްވައިގެން ހުށަހަޅުއްވަން އޮތް ގަޑިއަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ.

 

އަންނަނިވި ލިޔުންތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެ އަންދާސީ ހިސާބެއް ބާތިލުކުރެވޭނެއެވެ.

  • ·         އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • ·         އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުލަބު/ ޖަމުޢިއްޔާ އެއް ނަމަ ކުލަބު/ޖަމުޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީ
  • ·         އަމިއްލަ ފަރާތެއް ނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  • ·         ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  • ·         ހުށަހަޅުއްވަން ދުރުވާ ފަރާތުގެ އައިޑީކާޑުގެ އަޞްލު
  • ·         ކުންފުނި/ ކުލަބު ޖަމުއިއްޔާ އިން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތު އަންގައިދޭ ރަސްމީ ލިޔުން
  • ·         އަންދާސީ ހިސާބު ހުށަހަޅުއްވަން ދުރުވަނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތުން ނޫންނަމަ ، ވަޑައިގަންނަވާނެ ފަރާތް އަންގައިދޭ ލިޔުން
09 މޭ 2018
ހޯދާ