ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ (ވަގުތީ) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު

                    

  

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

09 މޭ 2018

ނަންބަރު

(IUL)168-CA/1/2018/7

ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

މަޤާމު:

އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކޮންޓްރެކްޓްގެ މުއްދަތު:

ވަޒީފާ ދޭ ތާރީޚުން ފެށިގެން 13 މޭ 2019ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ  
  3. ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. އެންޓި-ޓޯޗަރ ޤާނޫނު އަދި ކޮންވެންޝަންސް އެގެއިންސްޓް ޓޯޗަރ އާއި އެއްގޮތްވާ ގޮތުގެ މަތިން، އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި، އަދަބު ދިނުން ހުއްޓުވުމަށާއި، އެފަަދަ އެއްވެސް ޢަމަލެއް ހިނގިޔަނުދިނުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާ އަދި ޒިޔާރަތްތަކުގެ ރިޕޯޓް ތައްޔާރުކުރުން،
  2. މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބައިފައި ތިބޭ ތަންތަނަށް ޒިޔާރަތް ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން،
  3. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ސަމާލުކަމަށް ގެނައުން،
  4. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާ މީހުންނާއި މިފަދަ ތަންތަން ބެލެހެއްޓުމާއި ހަވާލުވެގެން ތިއްބަވާ ފަރާތްތަކާއި، މުއައްސަސާތަކާއި، އެހެނިހެން ފަރާތްތަކުން މިފަދަ ތަންތަނުގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމާއި ގުޅޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާޙަދާތަކާއި، ޤަރާރުތަކާއި، ސްޓޭންޑަޑްތަކާ އަދި ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވުން،
  5. މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތާންގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުން،
  6. މިފަދަ ތަންތަނަށް ކޮމިޝަނުން ޒިޔާރަތް ކުރުމަށްފަހު، އެއިދާރާތަކަށް ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛުކުރެވެމުންދާ މިންވަރު ބަލައި، އެހުށަހެޅުންތައް ތަންފީޛު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން،
  7. ޑިރެކްޓަރުގެ ލަފާއާއެއްގޮތަށް އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއިއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުން،
  8. މިނިވަންކަން ގެއްލޭގޮތަށް މީހުން ބަންދުކޮށްފައިތިބޭ ފަރާތްތަކާގުޅުންހުރި ދާއިރާތަކުން އާންމުންނާއި، އެހެން މުއައައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައްވުމާއި، ތަމްރީން ޕްރޮގްރާމްތަކުގައި ސެޝަންތައް ފެސިލިޓޭޓްކުރުން. މީގެ އިތުރުންވެސް މިދާއިރާއަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަންކުރުން،
  9. ޑިޕާޓްމަންޓުގެ ބޭނުމަށް ހޯދިފައިވާ މައުލޫމާތު އަދި އެހެނިހެން ލިޔެކިޔުންތައް ޑޮކިއުމެންޓްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން،
  10. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  11. ޑިރެކްޓަރ ނެތް ޙާލަތެއްގައި، ޑިޕާޓްމަންޓްގެ މަސައްކަތް ބެލެހެއްޓުމާއި ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތް ކުރުން،
  12. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން،
  1. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.    

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ އެޓެސްޓްކޮށްފައިވާ ލިޔުން.

 

ސުންގަޑި

20 މޭ 2018 ވަނަ ދުވަހުގެ 13:30 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމައެވެ.
  3. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
  5.  ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން ދަންނަވާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  6. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  7. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  8. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  9. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  10. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
       

                   

 

 

 

09 މޭ 2018
ހޯދާ