ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 

މަޤާމުގެ ނަންބަރު:

J-235785

 

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

 

މަޤާމުގެ ގިންތި:

ދާއިމީ

 

 

މަޤާމުގެ ރޭންކް:

ޖީ. އެސް 3

 

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހދ. އަތޮޅު މަދަރުސާ، ހދ. ވައިކަރަދޫ / ހދ. އަތޮޅު މަދަރުސާގެ އިދާރާ

 

 

މުސާރަ:

-/4465 ރުފިޔާ

 

 

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

 

 

އެހެނިހެން އެލަވަންސް:

-/700 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވަންސް)

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެކިފަރާތްތަކުން އޮފީހަށް އަންނަ ސިޓީ، ފެކްސްމެސެޖް، ނޯޓު، ބިލް، ރިޕޯޓުފަދަ އެންމެހައި ލިޔުންތައް އެންޓްރީ ކުރުމާއި، ކަމާގުޅޭ ސެކްޝަންތަކަށް ހަވާލުކުރުން.
  2. އޮފީހުގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  3. ދަރިވަރުންނާއިގުޅޭ ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ލިޔެކިޔުންތައް ފައިލުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  4. މަދަރުސާއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ނޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  5. ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
  6. އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުމާއި، އެކޯލްތައް ޕާސްކުރަންޖެހޭ ސެކްޝަންތަކަށް ޕާސްކުރުން
  7. މުވައްޒަފުންނާ ގުޅޭގޮތުން ސްކޫލުގެ ފަރާތުން ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާ އަޕްޑޭޓު ކުރަންޖެހޭ ލިޔެކިޔުންތައް އަޕްޑޭޓްކުރުން.
  8. މަދަރުސާގެ ކިޔަވައިދިނުމަށާއި އިދާރީ ހިންގުމަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތަށް އެއްޗެއް ސްޓޮކުން ހުސްވުމުގެ ނުވަތަ އެއްޗެއް ނުވަތަ ޚިދުމަތެއް ބޭނުކުރަން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ދިވެހިރާއްޖޭގެ މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދު އަދި ދައުލަތުގެ ފަރާތްތަކުން ކަނޑައަޅުއްވާ އެންމެހައި އުސޫލުތަކާއި އެއްގޮތަށް ހޯދުމާއި، ޕްރޮކިއުމަންޓް ރެކޯޑްތަށް ފުރިހަމަ ކުރުން.
  9. ދިވެހިރާއްޖޭގެ މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދު އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށް ކަނޑައަޅުއްވާ އެންމެހާ އުޞޫލުތަކާއެއްގޮތަށް މަދަރުސާގެ ފައިސާ ބެލެހެއްޓުމާއި އެކަމާގުޅޭ ރެކޯޑުތައް ފުރިހަމަކުރަމުން ގެންދިއުން.
  10. މަދަރުސާގައި ބޭއްވޭ ނޭޝަނަލް އަދި އިންޓަރނޭޝަނަލް އިމްތިޙާނުތަކާގުޅިގެން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ރެކޯޑުތަކާއި ލިޔެކިއުންތައް އެކަމަކަށް ކަނޑައެޅޭ ތާރިޚުގައި ފުރިހަމަކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުން ގެންދިއުން.
  11. ދިވެހި ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.
  12. އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ފަރާތްތަކަށް ސަރވިސް ދިނުމުގައި، އަދި މުޢާމަލާތު ކުރުމުގައި މަޑުމައިތިރިކަމާއިއެކު އެމީހުންގެ ބޭނުންތަކަށް މަގުފަހިކޮށްދިނުން
  13. ސެކްޝަނުގެ މުވައްޒަފަކު އޮފީހަށް ހާޒިރު ނުވުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން
  14. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.
  15. އިސްވެރިޔާ ނުވަތަ ސެކްޝަނުގެ ވެރިއަކު އަންގަވާ އޮފީހުގެ މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވައި، ހިންގައި، އެންމެހައި ކަންތަކުގައި ބައިވެރިވެ އެކަންތައް ކުރުން.

 

 

 

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

     (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6 .  ވަަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.    ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.   މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: 

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މެއި 2018 ގެ 13:00 ގެ ކުރިން، ހދ. އަތޮޅުމަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]އަދި ފެކްސް 6520530 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 މެއި 2018 އާއި 28 މެއި 2018 އާ ދެމެދު، ހދ. އަތޮޅު މަދަރުސާ ގައެވެ.

 

 

 

 

ޝޯޓް ލިސްޓްކުރުން:

 

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520056 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6520530 އެވެ. އީ-މެއިލް ކުރާނީ      [email protected]އަށެވެ.

 

         

 

08 މޭ 2018
ހޯދާ