މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާންމަހު ދީނީ ސުވާލު މުބާރާތެއް ބޭއްވުމާއި ގުޅޭ

އިޢުލާން

1439 ވަނައަހަރުގެ ރަމަޟާންމަހު ދީނީ ސުވާލު މުބާރާތެއް ބޭއްވުމާއި ގުޅޭ

1439 ވަނަ އަހަރުގެ  ރަމަޟާންމަހު ދީނީ ސުވާލު މުބާރާތެއް ބޭއްވުމަށް މިކައުންސިލުގެ 3 ވަނަ ދައުރުގެ  2018 ވަނަ އަހަރުގެ 20 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުރިހާ ޢުމުރުފުރަޔަކަށް ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވެވޭނީ 5 މީހުންގެ ޓީމަކަށެވެ. މުބާރާތުގައި ޓީމު ބައިވެރިވުމަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ -/10 ރުފިޔާ ނެގުމަށްފަހުގައެވެ. އަދި ޓީމު ރަޖިސްޓްރީ ކުރެވޭނީ -/20 ރުފިޔާގެ ފީއެއް ނެގުމަށްފަހު ގައެވެ.

¬ މުބާރާތުން 1 ވަނައަށް ހޮވޭ ޓީމަށް -/1500 ރުފިޔާ،

¬ މުބާރާތުން 2 ވަނައަށް ހޮވޭ ޓީމަށް -/1000 ރުފިޔާ،

¬ މުބާރާތުން 3 ވަނައަށް ހޮވޭ ޓީމަށް -/500 ރުފިޔާ، ގެ ފައިސާގެ އިނާމު ވަނީ ކަނޑައެޅިފައެވެ.

މިހެންކަމުން، މިސުވާލު މުބާރާތުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއިން ފޯމު ނެގުމަށްފަހު، ފޯމު ފުރިހަމަކޮށް 15 މެއި 2018 ވާ އަންގާރަދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އިދާރާއަށް ހުށަހަޅާ ޓީމް ރަޖިސްޓްރީ ކުރުން އެދި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ޝައުބާން 1439

06   މެއި  2018

06 މޭ 2018
ހޯދާ