މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭޖަނަވާރާއި، ގަސްގަހާގެއްސާއި ގަހުގެބައިތައް ބަލާ ފާސްކުރާ ގަޑިއަށް ބަދަލުގެނައުން

ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭޖަނަވާރާއި، ގަސްގަހާގެއްސާއި ގަހުގެބައިތައް ބަލާ ފާސްކުރާ ގަޑިއަށް ބަދަލުގެނައުން

ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭޖަނަވާރާއި، ގަސްގަހާގެއްސާއި، ގަހުގެބައިތައް މި މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުން ބަލާފާސްކުރުމުގެ ޚިދްމަތް 16 މެއި 2018 ވާ ބުދަދުވަހުން ފެށިގެން، ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:30ން ރޭގަނޑު 11:30އަށެވެ.  މާލޭ ޕޯރޓުން އެތެރެކުރެވޭ މިބާވަތުގެ ތަކެތި ބަލާފާސްކުރާނީ ހެނދުނު 07:30ން ހަވީރު 4:30އަށެވެ.

އެތެރެކުރާތަކެތި ރާއްޖެ ގެނައުމުގެ މަދުވެގެން 24 ގަޑިއިރުކުރިން އެތަކެތި ގެންނަން ކަނޑައެޅިފައިވާ ފްލައިޓް/ވެސްލް ނަންބަރާއި ގެންނަގަޑި ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުގެ ނަންބަރު 7503161އަށް އެސްއެމްއެސްއަކުން އަންގަންވާނެއެވެ. ކުރިން ނާންގާ ގެންނަތަކެތި ބަލާފާސްކުރުމަށް ގިނަވަގުތު ހޭދަވުމަކީ އެކަށީގެންވާކަމެކެވެ.  ވިމާ، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާއަތްކުރައްވާ މުދާ އެތެރެކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މި މިނިސްޓްރީ އިން އިލްތިމާސް ކުރަމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 މޭ 2018
ހޯދާ