ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ވަނައަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

1439 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 2018 މެއި 06 ވަނަ ދުވަހުން ފެށިގެން 2018 މެއި 15 ވާ އަންގާރަ ދުވަހުގެ 12:00 އަށް އެފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންވަނީ ހުޅުވާލާފައެވެ. އަދި ވޭތުވެދިޔަ އަހަރު ފަޤީރުންގެ ލިސްޓުގައި ހިމެނިފައިވާ ފަރާތެއްނަމަ އަލުން ފޯމް ހުށަހަޅަން ނުޖެހޭނެއެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފޯމް މަތީގައި ދެންނެވިފައިވާ މުއްދަތުގައި މިއިދާރާއިން ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދި މިއިދާރާއަށް ހުށަހަޅާ ފޯމްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

މިކައުންސިލްގެ ދައުރަކީ ލިބޭ ފޯމްތައް މިނިސްޓްރީއަށް ފޮނުވުމުގެ މެދުވެރިއެއްގެ ރޯލް އަދާކުރުން ކަމުގައިވާތީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަމުގައިވާތީ މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މޭ 2018
ހޯދާ