މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލެޕްޓޮޕް، ޓެބްލެޓް އަދި ޓީވީ ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށ

މިނިސްޓްރީ އޮފް އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

                                                              ނަމްބަރު: IUL)22-E/22/2018/73)    

އިޢުލާން

ލެޕްޓޮޕް، ޓެބްލެޓް އަދި ޓީވީ ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް.

މި މިނިސްޓްރީއިން ދޭ މައުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ޑީ.އެޗް.އީ-އެމް.ކިޔު.އޭ ސްޓޫޑަންޓް އޭރިޔާއަށް 1 ލެޕްޓޮޕް،  10 ޓެބްލެޓް (ސެކިޔުރިޓީ ލޮކް އާއި އެކު) އަދި 1 ޓީވީ މިނިސްޓްރީއަށް ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުން:

މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް 9 މެއި 2018 ވާ ބުދަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުންއެދެމެވެ.                                                                                 

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ((RFQ Document ފުރިހަމަކޮށް ހުށައަޅަންޖެހޭނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް އަދި މައުލޫމާތު ކަރުދާސް އިއުލާނުގައި އެޓޭޗްކުރެވިފައިއެވަނީއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 13 މެއި 2018 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް އަދި ސުންގަޑީގެ ފަހުން ހުށައާޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

މަސައްކަތަށް ހޮވުން:

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވެނީ ވަރލްޑް ބޭންކުގެ " ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯކްސް އަދި ނަން-ކޮންސަލްޓަންޓް ސާވިސަސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341319، 3341318.

  – އީމެއިލް: [email protected]     

7 މެއި 2018

07 މޭ 2018
ހޯދާ