ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
30 ގޭގައި ވޯޓަރ ޕިޔުރިފަޔަރ މެޝިން ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ          

    މާމެންދޫ

   ދިވެހިރާއްޖެ

                                                             

ނަންބަރ: (IUL)403-A/403/2018/33 

އިޢުލާނު

 

ކައުންސިލުން ހިންގާ ފެން ޕްރޮޖެކްޓްގެ ދަށުން 30 ގޭގައި ވޯޓަރ ޕިޔުރިފަޔަރ މެޝިން ހަރުކުރުމަށް ބޭނުންވެގެން ކުރެވުނު މިކައުންސިލްގެ ނަންބަރު (IUL)403-A/403/2018/26 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އެ އިޢުލަން ބާޠިލްކޮށް އަލުން އެކަމަށް އެދި ފުރުސަތު ހުޅުވާލަމެވެ

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ އަގު އެގޭނެގޮތަށް ކޯޓޭޝަނެއް ތައްޔާރުކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަނުގައި މިމަސައްކަތް ނިންމާލެވޭނެ ދުވަސް ފާހަގަކުރަންވާނެއެވެ. ކޯޓޭޝަން ހުށަހަޅަންވާނީ 13 މޭ 2018 ވާ އާދީއްތަ ދުވަހުގެ 10:00 އަށެވެ. އެވަގުތު ހުށަހަޅުއްވާ ފަރާތްތަކުގެ ކުރިމަތީގައި ކޯޓޭޝަންތައް ކަނޑައި ހަމަ ކޯޓޭޝަންތަކުގައިވާ މަޢުލޫމާތު ޢާއްމުކުރެވޭނެއެވެ. ކޯޓޭޝަނާއިއެކު ހުށަހަޅާފަރާތުގެ އައިޑީކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، ޖަމިއްޔާ ޖަމާއަތަކުންނަމަ ރަޖިސްޓްރީކޮޕީ ހުށަހަޅަންވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 9999259 ނަންބަރާއި ގުޅުއްވުން އެދެމެވެ.

                20 ޝަޢުބާން 1439

                06   މޭ   2018

 

 

                                                  ޙުސައިން ހަބީބު ޢަލީ                                                            

                                            ކައުންސިލްގެ ނައިބުރައީސް

06 މޭ 2018
ހޯދާ