ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފޯރމަނަކު ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުންގެ ބޭނުންވެއްޖެއެވެ.

މަޤާމް: ފޯރމަން

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 162 (ހުޅުމާލެ) ފިހާރަ / ރީޖަނަލް ސޭލްސް ޑިޕާރޓްމަންޓް

އެހެނިހެންއިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާއާއި، -/2500 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެމަސްއޫލިއްޔަތު

  • މުދާ ލޯޑު ކުރުމާއި، އަންލޯޑު ކުރުމުގެ ކަންތައް ބެލެހެއްޓުން
  • ފިހާރައަށް ވައްދާ އަދި ނެރޭ މުދަލުގެ ތަފްސީލް ބެލެހެއްޓުން
  • ކަސްޓަމަރުންއަށް މުދާ ފޯރުކޮށް ދިނުމުގައި އެހީތެރިވުން

ފެންވަރުނުވަތަޝަރުތު

  • ގްރޭޑް ދިހައެއްގެ ފެންވަރު ހުރުން
  • މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެގުން.

އެހެނިހެންހުނަރު

  • މަޤާމާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މެއި 09 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]

 

03 މެއި 2018

 

03 މޭ 2018
ހޯދާ