މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މ.މާފަންނުއާގެ އިން ދައުލަތަށް މިލްކުވެފައިވާ ބައި ހުސްކުރުމާއި ގުޅޭ ނޯޓިސް

މ.މާފަންނުއާގެ އިން ދައުލަތަށް މިލްކުވެފައިވާ ބައި ހުސްކުރުމާއި ގުޅޭ ނޯޓިސް

މ. މާފަންނުއާގެ އެވެ ކިޔާ ގޯތީގެ ހުޅަނގުން އާބުރުޒުހިނގުމަށް ވީފަޅިން 2577 އަކަފޫޓުގެ ބަންޑާރަ ބިމާއި މިބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ދިވެހި ދައުލަތަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުގެ ނަންބަރު   638/Cv-C/2017 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާތީ، އިސްވެދެންނެވި ބިމުގައި އެއްވެސް ފަރާތެއްގެ އުފުލޭ މުދަލެއް ހުރިނަމަ، މިއަދު (03 މެއި 2018) ން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ އެއްޗެއް ގެންދިއުން އެދެމެވެ. މި މުއްދަތު ހަމަވުމުން ނުގެންގޮސް ހުރި ތަކެތި މިނިސްޓްރީގެ ފަރާތުން އެތަނުން ނަގައި، އެއެއްޗެއް ނައްތާލައި ނުވަތަ ނީލަމުގައި ވިއްކާލާނެކަމާއި އިސްވެ ދެންނެވި ބިމުގައި ހުރި އިމާރާތްތައް ތަޅާލައި އެބިން ހުސްކުރާނެކަން އާންމުކޮށް އަންގަމެވެ. މިގޮތުން އެބިމުގައި ހުރި ތަކެތި ހުސްކުރުމުގެ ތެރޭގައި އެތަނުން ނުގެންގޮސް ހުރި އެއްޗެއްސަށް ލިބޭ އެއްވެސް ގެއްލުމަކަށް މި މިނިސްޓްރީގެ ފަރާތުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

            __________________

17  ޝަޢުބާން  1439   

03    މެއި   2018

03 މޭ 2018
ހޯދާ