ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޓްރާންސްމިޝަން ޓެކްނީޝަން

މަޤާމް :އެސިސްޓެންޓް ޓްރާންސްމިޝަން ޓެކްނީޝަން
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                 

މަޤާމް

އެސިސްޓެންޓް ޓްރާންސްމިޝަން ޓެކްނީޝަން

އަސާސީ މުސާރަ

މަހަކު -/5000 ރުފިޔާ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

ޓީ.ޕީ 9

ބޭނުންވާ ޢަދަދު

02

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންޖިނިއަރިންގ ޑިޕާޓްމަންޓް

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީ ރޭޑިއޯގެ ޓްރާންސްމީޓަރތައް ބެލެހެއްޓުން.
  • އެޓޮލްސް ޑިސްޓްރެބިއުޝަން ނެޓްވާރކް ޕީ އެސް އެމް ޤާނޫނުގައިވާ ފަދައިން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތަކަށް އަތޮޅުތެރޭގައި ޑިސްޓްރިބިއުޝަން ނެޓްވޯކް ބައްޓަންކުރުން.
  • ރާއްޖޭގެ އެކި ހިސާބުތަކަށް އެމް.އެމް.އޭ ޓްރާންސްމީޓަރާއި، ސެޓްލައިޓް އަޕްލިންކް ސިސްޓަމް ސިގްނަލް ލިބޭގޮތްބަލާ މައްސަލަ އުޅޭނަމަ، ގުޅަންޖެހޭ ފަރާތްތަކާއި ގުޅައިގެން ޙައްލުކުރުން.
  • އަތޮޅުތަކުގެ ޓްރާންސްމީޓިން ސައިޓްތައް ބަލަހައްޓާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް، އެފަރާތްތަކާއި މަސައްކަތް ޙަވާލުކޮށް، ޒިންމާދާރު ކަމާއެކު މަސައްކަތްކުރޭތޯ ބެލުމާއި، އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ނުކުރާނަމަ ސްޕަވައިޒަރުގެ ލަފާއާއެކު އަޅަންޖެހޭ ފިޔަވަޅު އެޅުން.
  • ޑިޖިޓަލް ޓްރަސްޓްރިއަލް ސަރވިސް އާއްމުންނަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސެޓްލައިޓް ބޮކްސް އާއި ސެޓްލައިޓް ރިސީވަރުގެ އިންވެންޓްރީ ސްޓޮކް ޙަވާލުވެހުރި ފަރާތާއި ގުޅިގެން ބެލެހެއްޓުމާއި، ޢާއްމުންނަށް ސަރވިސް ފޯރުކޮށްދިނުމުގައި ކޯޕަރޭޝަނުން ހުށަހަޅާ އުޞޫލެއްގެ ދަށުން ސްޕަވައިޒަރުގެ ލަފައާއެކު ، އިންތިޒާމް ހަމަޖެއްސުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
  • ދިވެހި އަދި އިގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 މެއި 9 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

 

                           16ޝަޢުބާން 1439

02 މޭ 2018
ހޯދާ