މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މަޑުއްވަރީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލަދޭނެ ފަރާތެއް ހޯދުން

އިޢުލާން

ރ. މަޑުއްވަރީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލައި، ކުނިކޮށީގައި ކާދު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިރަށުގައި އުފެދޭ ކުނީގެ ބާވަތްތައް ރައްކާތެރި ގޮތުގައި ނައްތާލައި، ކުނިކޮށީގައި ކާދު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ކުނި ނައްތާލުމުގެ މަސައްކަތް ކުރާނީ މިކައުންސިލުން ކަނޑައަޅާ ފާސްކޮށްފައިވާގޮތުގެ މަތިން އެކި ދާއިރާތަކުން މަހުފީއެއް ނަގައިގެންނެވެ.

މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މެއި 14 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 މެއި 28 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބިޑު ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މިމަސައްކަތް ކުރުމަށް މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

02 މޭ 2018
ހޯދާ