މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރ ކުޅުދުއްފުށި / ހދ. ކުޅުދުއްފުށި އޮފީސް އިމާރާތް އަމިއްލަ ތަކެތީގައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން  

މި މިނިސްޓްރީން 14 ފެބްއަރީ 2018 ކުރި ނަންބަރު: (IUL)101-EP/1/2018/37 އިޢްލާންއަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބް ހުށަހަޅާފައިނުވާތީ އެ އިޢްލާން ބާތިލްކޮށް އަލުން ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢްލާންކުރަމެވެ.

މި މިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރ ކުޅުދުއްފުށި / ހދ. ކުޅުދުއްފުށި އޮފީސް އިމާރާތް އަމިއްލަ ތަކެތީގައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވާތީ މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިކަމާ ބެހޭ ތަފްޞީލް ތިރީގައިވަނީއެވެ.

  1. އޮފީސް އެޑްރެސް: ނޮދާރން އޮފީސް ކޮމްޕްލެކްސް،  2ވަނަ ފަންގިފިލާ / ހަނދުވަރީހިނގުން ، ހދ. ކުޅުދުއްފުށި
  2. މަސައްކަތްކުރަންޖެހޭ ގަޑި: މަޝްވަރާ ކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާ ގޮތަށް ގަޑިތަށް ހަމަޖެއްސިދާނެ
  3. މަސައްކަތްކުރަންޖެހޭ ދުވަސްތައް:
  • ސާފްކުރުން: ކޮންމެ ހަފުތާއެއްގެ ރަސްމީ ދުވަސްތައް (5 ދުވަސް)
  1. މަސައްކަތުގެ މުއްދަތު: 31 ޑިސެންބަރު 2018ގެ ނިޔަލަށް.
  2. ކުރަންޖެހޭ މަސައްކަތް:

-          ހަފުތާއަކު 5 ދުވަހު އޮފީސް ފޮޅާސާފުކުރުން

-          ހަފުތާއަކު 5 ދުވަހު އޮފީސް ފާޚާނާ ސާފްކުރުން

-          ހަފްތާއަކު 5 ދުވަހު އޮފީސްތެރެ މޮޕްލުން

-          ހަފުތާއަކު 5 ދުވަހު ކުނިވަށިގަނޑުތައް ހުސްކޮށް ކުނިއުކާލުން

-          ހަފްތާއަކު އެއްފަހަރު ފަރުނީޗަރުތައް އަދި ޕްރިންޓަރުތައްފުހެ ސާފުކުރުން

-          ހަފްތާއަކު 5 ދުވަހު ބިއްލޫރިތައް ފުހެ ސާފުކުރުން

-          މަހަކު އެއްފަހަރު ފަންކާފުހެ، ފާރުތައްފޮޅައި ސާފުކުރުން

-          މަހަކު އެއްފަހަރު އެއަރކޯނުތައް ސާފުކުރުން

-          ބިޒްނަސް ސެންޓަރަށް މާލެއިން އަދި އެހެން ރަށްރަށުން ފޮނުވާ ތަކެތި ބޯޓުން ބާލައިގެން ބިޒްނަސް ސެންޓަރަށް ގެނެސްދިނުމާއި ބިޒްނަސް ސެންޓަރުން މާލެއަށް އަދި އެހެން ރަށްރަށަށް ފޮނުވާ ތަކެތި ބޯޓަށް ނުވަތަ ދޯންޏަށް އަރުވައިދިނުން

  1. މަސައްކަތަށް އަގު ދިނުން: މަސް ނިމުމުން އަގު ދެވޭނީ މަސައްކަތްކުރި ދުވަސްތަކަށް އެކަނިއެވެ. އަދި ނާންނަދުވަސްތަކަށް އަގު ނުދެވޭނެއެވެ. ނަމަވެސް މަސައްކަތަށް ނާދެވޭދުވަހު އެހެން ފަރާތަކަށް ހަމަޖައްސައި އެގްރީމެންޓްގައިވާ ގޮތަށް މަސައްކަތްކޮށްފައިވާނަމަ  އެދުވަހުގެ ލާރި ބިޑް ކާމިޔާބުކުރާ ފަރާތަށް ހަވާލުކުރެވޭނެއެވެ.

 

 

  1. ކުނިކަހާ ފޮޅާސާކުރަންޖެހޭ ޢިމާރާތުގެ ތަފްޞީލް

ޢިމާރާތް

އެކުލެވޭ ތަންތަނުގެ ޢަދަދު

ފަންގިފިލާ

ކޮޓަރި

ޖަލްސާ މާލަމް

ފާޚާނާ

ރިސެޕްޝަން

ބިޒްނަސް ސެންޓަރ ކުޅުދުއްފުށި

2

2

1

1

1

 

އަގު ހުށަހެޅުން.

  1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
  2. އަގު ހުށަހަޅާނީ ދުވާލަކަށް ޖެހޭއަގެވެ.
  3. އަގު ހުށަހަޅާނީ ޓެކްސް ހިމަނައިގެންނެވެ.
  4. އަންދާސީ ހިސާބު ހުށަހަޅާނީ 'ބިޑް ސަބްމިޝަން ފޯރމް"ގައެވެ. މި ފޯރމް ހުށަނާޅާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. މިފޯރމް ބިޒްނަސް ސެންޓަރ ކުޅުދުއްފުށިން ލިބޭނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިންވެސް ލިބެންހުންނާނެއެވެ.
  5. މިކަމަށް އެދި ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. 'ބިޑް ސަބްމިޝަން ފޯރމް"އާއިއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

މާރކްސް ދެވޭގޮތުގެ ތަފްސީލް:

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީއިން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީއިން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ.
  3. ބިޑަށް މާރކްސް ދެވެނީ ތިރީގައިވާ ގޮތަށެވެ.

އަގަށް

100

  • ހުށަހަޅާފައިވާ އަގަށްދޭ މާކްސްދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

  1. ބިޑް އިވެލުއޭޝަންއަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 14 މެއި 2018 ގެ 10:30 އަށް، ބިޒްނަސް ސެންޓަރ ކުޅުދުއްފުށި / ހދ.ކުޅުދުއްފުށި އަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ބިޒްނަސް ސެންޓަރ ކުޅުދުއްފުށި / ހ.ދ ކުޅުދުއްފުށި

ދިވެހިރާއްޖެ

އަންދާސީ ހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތެއްގެ ހާޒިރީއެއްގައި، 14 މެއި 2018 ވަނަ ދުވަހު 10:35 ގައެވެ.

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6528313 އަށް ގުޅުއްވުން އެދެމެވެ.

‏ ‏17‏ ޝަޢްބާން‏ 1439

            

 

 

 

02 މޭ 2018
ހޯދާ