ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: F12CA/2018/07 |
|
ތާރީޚް: 29 އެޕްރީލް 2018 |
||
މަޤާމު |
ވޮޗަރު |
ރޭންކް: އެސް.އެސް 1 |
ޢަދަދު |
1 (އެކެއް) |
|
މަސައްކަތްކުރަންޖެހޭ ތަން |
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓް |
|
އަސާސީ މުސާރަ |
-/3100 ރުފިޔާ |
|
މިމަޤާމަށް ލިބޭ އެލަވަންސް |
- ސަރވިސް އެލަވަންސް -/1,000 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 - ލިވިންގ އެލަވަންސް -/2550 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ. |
|
އަސާސީ ޝަރުޠު
|
1- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ޘާބިތުކޮށްދިނުން. |
|
މަޤާމުގެ މަސްއޫލިއްޔަތު
|
1- ޑިއުޓީތަކަށް ބަރާބަރަށް ނުކުތުން. 2- ޑިއުޓީކުރަން ފެށުމުގެ ކުރީގައި ކޯޓްގެ ޢިމާރާތުގެ ދޮރުތައް ތަޅުލެވިފައިވޭތޯ ބަލާ ޗެކްކުރުމާއި، ގޯތިތެރެއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވޭތޯ ބަލާ ޗެކްކުރުން. 3- ކޯޓްގެ ޢިމާރާތާއި ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުން. 4- ހަމަޖެހިފައިވާ އުޞޫލާއި ޚިލާފަށް ކޯޓްގެ ގޯތިތެރެއަށް ތަކެތިވެއްދުމާއި، ތަކެތި ބޭރުކުރިޔަ ނުދިނުން. 5- ޢިމާރާތާއި، ގޯއްޗަށް އަދި ގޯތީގައި ހުންނަ އެއްޗަކަށް މީހަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައްކުރުން. 6- ތަނުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ވަގުތުން ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މަޢްލޫމާތު، ވީއެންމެ އަވަހަކަށް އެވަގުތަކު ކޯޓްހިންގެވުމާއި ޙަވާލުވެހުރި މެޖިސްޓްރޭޓަކަށް ދިނުން އަދި އެމެޖިސްޓްރޭޓަކު އަންގަވާގޮތެއްގެ މަތިން އެކަމެއް ޙައްލުކުރުން. 7- ޑިއުޓީ ފަށާއިރު ކޯޓްތެރެ ދިއްލާ، އެއާކޯންފަދައެއްޗެއް ޖައްސާފައި ހުރިކަން އެނގެންހުރިނަމަ އެކަން އެވަގުތަކު ކޯޓްހުޅުވުމާ ޙަވާލްވެހުރި މުވައްޒަފަކަށް އެންގުން 8- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް ކޯޓުން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުންކުރުން.
|
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ކުރިމަތިލައްވާފައިވާ ފަރާތުގެ ވަނަވަރު 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު) |
|
ސުންގަޑި
|
09 މޭ 2018 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރްޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް މިކޯޓުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް ގުޅުއްވާނީ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 6600169 ފޯނަށެވެ. |