ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރުން ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: އޮފިސަރ

ބޭނުންވާ އަދަދު: 02 (ދޭއް)

އަސާސީ މުސާރަ: މަހަކު -/4350 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެޑްމިން އެންޑް އެޗްއާރް / އެސްޓީއޯ ހެޑް އޮފީސް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާ އާއި، -/2500 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • އޮފީސް ދަތުރުތަކުގެ އެންމެހާ ކަންތައްތައް ތަފްސީލާއި އެކު އަޕްޑޭޓްކޮށް ބެލެހެއްޓުން
  • އިންޓާރނަލް މުދާގަތުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން
  • އެހެން ޑިޕާރޓްމަންޓް ތަކުން އަންނަ ރިކުއެސްޓް އެޅުމާއި ރިކުއެސްޓްތައް އެތަންތަނަށް ފޯރުކޮށް ދިނުން
  • އެޑްމިން ރިކުއެސްޓް ތަކުގެ ތަފްސީލް ބެލެހެއްޓުމާއި ސްޓޮކް ބެލެހެއްޓުން
  • އެޑްމިން ބަޑްޖެޓް ފޯރކާސްޓްކުރުމާއި ބެލެހެއްޓުން އަދި އެޑްމިން ޑިޕާރޓްމަންޓްގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން

ފެންވަރު ނުވަތަ ޝަރުތު

  •  ޖީ.ސީ.އީ. އޯލެވެލް ބިޒްނަސް ސްޓްރީމްގެ 2 މާއްދާއިން "ސީ ފާސް" ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން، އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި މާއްދާއިން "ސީ ފާސް" ނުވަތަ އެއަށްވުރެ މަތިން ފާސްވުން
  • މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެގުން.

އެހެނިހެން ހުނަރު

  • މަޤާމާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މެއި 6 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]

 

 

 

30 އޭޕްރިލް 2018
ހޯދާ