މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިނީ (ޑެލިވަރީ) ވޭނެއް ގަންނަން ބޭނުންވެއްޖެ

މިނީ (ޑެލިވަރީ) ވޭނެއް ގަންނަން ބޭނުންވެއްޖެ

 

    މިކުންފުނިން ދިން މަޢުލޫމާތާ އެއްގޮތަށް މިނީ (ޑެލިވަރީ) ވޭނެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު ADM-HR/2018/67 (20 މާރިޗް 2018) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ އަގުބޮޑުކަމަށް ފެންނާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

    ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ތިރީގައިވާ މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް 15 މެއި 2018ވާ އަންގާރަ ދުވަހުގެ 11:00އަށް 5ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  1. މުޅިން އައު މިނީ ޑެލިވަރީ ވޭން އެއް (ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް)
  • ބްރޭންޑް: މިއިން ކޮންމެ ބްރޭންޑެއް ވެސް ރަގަޅު (TOYATO,MAZDA,HONDA,NISSAN)
  • އަދަދު: 01
  • ކުލަ: ހުދު ނުވަތަ ސިލްވަރ
  • ދޮރުގެ އަދަދު: 5 (ސައިޑް ދޮރުތައް ސްލައިޑް ކުރެވޭ ގޮތަށް އަދި ފަހަތުން އުފުލާލެވޭ ގޮތަށް)
  • ޖާގަ: 05 ސީޓް
  • ކުރިމަތީ 2 ސީޓްގެފަހަތުގައި ހުރަހަށް 3 ސީޓްއިނުން: މި ތިން ސީޓް ފޯލްޑް ކުރެވޭގޮތަށް
  • 3 ސީޓްގެ ފަހަތުގައި ތަކެތި އެރުވޭ ނެ ޖާގަ ހުރުން
  • ލޯޑިން ކެޕަސިޓީ: 750 ކިލޯ އަށްވުރެ ދަށްނޫން
  • ވޭންގެ ދިގުމިން: 13.5 ފޫޓަށް ވުރެ ދިގު ނުވުން
  • ފުލް އޮޓޯ: (އޮޓޯލޮކް، ލޯގަނޑުތައް، ބިއްލޫރިތައް، ދޮރު،ކުޑަދޮރު އަދި މިނޫންވެސް އޮޓޯކޮށް ހުރުމުން ފަސޭހަވާނެ އެންމެހާ ބައިތައް ޑްރައިވަރ ޝީޓުން ކޮންޓްރޯލް ކުރާގޮތަށް ހުރުން
  • ތެޔޮ: ޕެޓްރޯލް
  • އިންޖީންގެ ކެޕަސިޓީ: ( ޕްރޮޕޯސަލްގައި ހިމެނުން)
  • ސްޓެއަރިންގ ޕޮޒިޝަން: ރައިޓް ހޭންޑް ޑްރައިވް
  • އެހެނިހެން: އޭސީ، ހީޓަރ ބްލޯވަރ އަދި އެސް.އާރް.އެސް އެއަރ ބޭގްސް
  • އުފެއްދި އަހަރު: 2017 ނޫނީ 2018
  • އުފެއްދިތަން: ޖަޕާން
  • މޮޑެލް (ޕްރޮޕޯސަލްގައި ހިމެނުން)

            

  1. ޕްރޮޕޯސަލްގައި ހިމެނޭ ވޭންގެ ޕްރެޒެންޓޭޝަނެއް ހުށަހަޅާ ދޭންވާނެއެވެ. ޕްރެޒެންޓޭޝަން ހުށަހެޅުމަށް ކޮންމެ ފަރާތަކަށްވެސް ވަކި ދުވަހަކާ ގަޑިތަކެއް ހަމަޖައްސާ ދެވޭނެއެވެ. ހުށަހަޅާ ވެހިކަލްގެ ބޭނުންތެރި އެންމެހާ އިތުރު ފީޗަރސްތައް ޕްރެޒެންޓޭޝަންގައި ހިމަނަންވާނެއެވެ.
  2. ވެހިކަލް ކަސްޓަމުން ނެރުމުގެ ކުރިން މިކުންފުނީގެ ކަމާބެހޭ ބޭފުޅަކަށް ދައްކަންވާނެއެވެ. އެގޮތުން ބަލާ ޗެކްކުރުމަށްފަހު މައްސަލައެއް އުޅޭނަމަ ވެހިކަލް ބަލައެއް ނުގަނެވޭނެއެވެ.
  3. އަގު ހުށަހަޅުއްވާއިރު ހުށަހަޅުއްވާނީ
  • ވޭންގެ އަގު ވަކިން
  • މަސައްކަތުގެ އަގު ވަކިން
  • ޑިއުޓީ ދައްކާނީ މިކުންފުނިން

4. އިޢުލާނާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތަކަށް މާރކްސް ދެވޭނެގޮތް.

އެންމެ ހެޔޮ އަގު: %40

މުއްދަތު :%20

މަސައްކަތުގެ ތަޖްރިބާ: %20 (މިފަދަ މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔެކިއުން: މަދުވެގެން 2 )

ފައިނޭންޝަލް ސްޓެބިލިޓީ: %20  (ވޭތުވެދިޔަ 3 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް)

  • އެޑްވާންސްއަށް ފައިސާ ދައްކާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި މިނޫންވެސް ސަބަބަކާހުރެ ބިޑް ބާތިލް ކުރަންޖެހިއްޖެ ޙާލަތެއްގައި ބިޑް ބާތިލްކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

 5.  ބިޑް ޑޮކިއުމަންޓްގެ ގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • އަމިއްލަ ފަރާތަކުންނަމަ، މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުމާއި، އައި.ޑީ ކާޑުގެ ކޮޕީ
  • ކުންފުނީގެ ޕްރޮފައިލް
  • ކުންފުނީގެ ރެޖިސްޓްރޭޝަން
  • ޖީ.އެސް.ޓީ ސެޓްފިކެޓް
  • މިކަހަލަ މަސައްކަތެއްކޮށްފައިވާނަމަ އެފަރާތުގެ ރެފެރަންސް ސިޓީ/ލިޔުން ހުށަހެޅުން (މަދުވެގެން 02 ލިޔުން/ސިޓީ)
  • ބިޑް ހުށަހަޅުއްވާނީ 15 މެއި 2018 ވާ އަންގާރަ ދުވަހުގެ 14:00  އަށް ޕޯސްޓް ބިލްޑިންގގެ 5ވަނަ ފަންގިލާއަށް ވަޑައިގެން 
29 އޭޕްރިލް 2018
ހޯދާ