ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ގާރޑް

އިޢުލާން

ނަންބަރު:WAMCO-HR/IUL/2018/015

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސެކިއުރިޓީ ގާރޑް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސިސްޓަންޓް

މުސާރައާއި ޢިނާޔަތްތައް

-/7,000 އާއި -/ 9,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ރ.ވަންދޫ ސައިޓް/ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

04 (ހަތަރެއް)

ޝަރުޠު

  1. ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.
  2. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭ ފަދަ ފަރާތެއްކަމުގައިވުން.
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ޑިއުޓީކުރުމާއި، ރ.ވަންދޫގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ފަރާތުން ކުނި މެނޭޖްކުރާ ސަރަހައްދު ބެލެހެއްޓުން.
  2. ކަނޑައެޅިފައިވާ ސަރަހައްދަށް ވަނުން މަނާ އެއްގަމު ދުއްވާ އުޅަނދުފަހަރު އެ ސަރަހައްދަށް ވަނުން ހުއްޓުވުން
  3. ކަނޑައެޅިފައިވާ ސަރަހައްދުގެ ހާބަރަށް ކައިރިކުރާ އުޅަނދުފަހަރަކީ އެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތެއްތޯ ޗެކުކުރުން
  4. ކަނޑައެޅިފައިވާ ސަރަހައްދުގައި ކުރުން މަނާ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގާނަމަ އެކަން ހުއްޓުވުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން
  5. ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިނގާތޯ ފަރުވާތެރިވެ ބެލުމާއެކު އެފަދަ ކަމެއް ހިނގައިފިނަމަ ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން
  6. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ގަވާއިދުން ރިޕޯޓްކުރުން
  7. އަދި މިނޫނަސް ކުންފުނިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރިފަހުން 03 މަސް ދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

03 މެއި 2018 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

13 ޝައުބާން 1439

29 އޭޕްރިލް 2018

 

29 އޭޕްރިލް 2018
ހޯދާ