މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ހ. ވަނައަހަރުގެ ރަމަޟާންމަހު ދުވާފަރުގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޚްނަމާދު ކުރުމަށް ގެނެވޭ ޙާފިޡުން ބައިތިއްބާނެ ގެ ހޯދުމާއި ބެހޭ


1439ހ. ވަނަ އަހަރުގެ ރަމަޟާން މަހު މަސްޖިދުލްފުރުޤާން، މަސްޖިދުލްޞިރާޠުގައި ޙިފުޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ރާއްޖޭން ބޭރުން ގެނެވޭ ދެ ޙާފިޡުން ހުންނެވުމާއި، ފަރިއްކޮޅާއި، ދޮވެ އިސްތިރިކޮށްދިނުމާއި މިފަދަ ކަންތައްތައް އިޚުލާޞްތެރިކަމާއިއެކު ކޮށްދިނުމާއިއެކު ދެ ޙާފިޡުން ރަގަޅަށް ބަލަހައްޓާދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 02 މެއި 2018 ދުވަހުގެ 13.30 ގައި ދުވާފަރު ކައުންސިލްގެ އިދާރާގައެވެ. އަދި އަންދާސީ ހިސާބު ބަލައި ގަތުން އޮންނާނީ 06 މެއި 2018 ދުވަހުގެ 13.30 ގައި ދުވާފަރު ކައުންސިލްގެ އިދާރާގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއްނުދެވޭނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
މާރކްސް ދިނުމަށް ހަމަޖެހިފައިވާ ކަންތައް
*އެންމެ ދަށްއަގު ހުށަހަޅާ ފަރާތަކަށް: 75 މާރކުސް
* ޚިދުމަތަށް: 25 މާރކުސް

ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
13 ޝަޢުބާން 1439
29 އޭޕްރީލް 2018

29 އޭޕްރިލް 2018
ހޯދާ