މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކުވެނިހިނގުމުގެ އިރުކޮޅު އުތުރުފަރާތުގެ ރުއްގަހުގެ ނަމްބަރުޖެހުމާއިބެހޭ

އެކުވެނި ހިނގުމުގައިހުރި ރުއްގަހުގެ ވެރިޔަކު ހޯދުމާއިބެހޭ

މ. ވޭވަށު އެކުވެނި ހިނގުމުގެ އިރުކޮޅުން މ. ވޭވަށު ނަސީމީހިޔާ އަޙުމަދު ޢަރީފުއަށް ދޫކޮށްފައިވާ މަސްކައްކާބިމުގެ އުޅަނގުން އޮންނަ ސަރަހައްދުގައި މ. ވޭވަށު ސާޒު އިބުރާހީމް ޒުހައިރުއަށް ބަނބުކެޔޮގަސް އިންދަން ހުއްދަދީފައިވާ ސަރަހައްދު ކައިރީގައިވާ ނަމްބަރު ނުޖަހާހުރި ރުއްގަހުގެ ވެރިޔަކު ހޯދުމަށް ބޭނުންވެއެވެ. އެގޮތުން ދެންނެވިދިޔަ ސަރަހައްދުގައިވާ ރުއްގަހުގެ ވެރިން އެރުއްގަސް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގޭގެ ނަމަބަރު ރުއްގަހުގައި ޖެހުމަށްފަހު 10 މެއި 2018 ވަނަ ދުވަހުގެ 13:45 ގެކުރިން ވޭވަށު ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަސް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މަތީގައިވާ ތާރީޚުގެ ފަހުން ނަމްބަރު ނުޖަހާ ހުންނަ ރުއްގަސް އެއީ ރައްޔިތުންގެ މާލިއްޔަތުގައި ހިމެނޭ ތަކެތިކަމުގައިބަލާ އެރުއްގަހާމެދު ޢަމަލުކުރެވޭނެކަމުގައި ދަންވަމަވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

29 އެޕްރީލް 2018

29 އޭޕްރިލް 2018
ހޯދާ