މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ިމުއަށްސަސާގެ ބޭނުމަށް މާލެ އަދި ހުޅުލެއާ ދެމެދު ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)94-Q/1/2018/02 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮއްފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

މިމުއަށްސަސާގެ ބޭނުމަށް މާލެ އަދި ހުޅުލެއާ ދެމެދު ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ:  (IUL)94-Q/1/2018/02  އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮއްފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.   

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 03 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

29 އޭޕްރިލް 2018
ހޯދާ