ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަރާސިލް ސަހަރާއަށް ކުނިއެޅުން މަނާ ކުރުން

އިޢުލާން

ބަރާސިލް ސަހަރާއަށް އެކި ފަރާތްތަކުން ކުނި ގެންދާތީ ގިނަ ޝަކުވާތައް މިކައުންސިލަށް ލިބެމުން އެބަދެއެވެ. މިކަމަކީ ރަށުގައި ތަފާތު އެކިބަލިތައް އުފެދި ފެތުރުމަށް ނުހަނު ބޮޑަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރުން ރަށުގެ ސާފުތާހިރުކަންވެސް މިކަމުގެ ސަބަބުން ކުޑަވެގެންދެއެވެ. ކުނި އުކަންވާނީ، ކުނިއުކާލުމަށް ކައުންސިލުން ކަނޑައަޅާފައިވާ ކުނިކޮށި ނުވަތަ ކުނިގޮނޑަށެވެ.

ވީމާ، މީގެފަހުން ބަރާސިލް ސަހަރާއަށް ކުނި އުކާލުމަކީ މަނާ ކަމެއްކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އަދި މިއާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

29 އޭޕްރިލް 2018
ހޯދާ