ދިވެހިރާއްޖެ
މި ކައުންސިލް އިދާރާގެ ދެ ފާޚާނާ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)233-ADS/233/2018/4 ) 12 އޭޕްރީލް 2018 ) އިޢްލާނާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެވެސް ފަރާތުން ޚާޟިރުވެފައިނުވާތީ، އެ އިޢުލާން ބަތިލުކޮށް އެމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 މެއި 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 09 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިތްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.
އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް: |
|
މަސައްކަތުގެ އަގު (އެންމެ ކުޑަ ކޮށް ހުށަހަޅާ އަގަށް) |
60 ޕޮއިންޓް |
މަސައްކަތު ތަޖުރިބާ (ހުށަހަޅާ ލިޔުންތަކަށް ބަލާފައި) |
20 ޕޮއިންޓް |
މާލީ ގާބިލުކަން |
5 ޕޮއިންޓް |
މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް) |
15 ޕޮއިންޓް |
ޖުމްލަ |
100 ޕޮއިންޓް |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.