ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރުން އޮޑިހަރުގެ ދޫކުރުމުގެ ޤަވައިދު

އޮޑިހަރުގެ ދޫކުރުމުގެ ޤަވައިދު

 

1. ތައާރުފާއި ނަން:

(ހ). މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޏ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ އޮޑިހަރުގެއާ ބެހޭ ޤަވާޢިދެވެ.

(ށ). މިޤަވާއިދަށް ކިޔާނީ "އޮޑި ހަރުގެއާ ބެހޭ ޤަވާޢިދު" އެވެ.

 

2. ޢަމަލުކުރަން ފަށާ ތާރީޚު:

(ހ). މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ   ދުވަހުން ފެށިގެންނެވެ.

 

3. އޮޑިހަރުގެ އެޅުމަށް ބިން ދިނުން

(ހ) ވިޔަފާރި އުސޫލުން އޮޑިފަހަރު ބަނުން ފިޔަވައި، އޮޑިފަހަރު ބަނުމާއި މަރާމާތު ކުރުމަށް، އޮޑި

    ހަރުގެ އެޅުމަށް ރަށުން ބިން ދޫކުރެވޭނީ، އޮޑިހަރުގެ އެޅުމަށް ކަ ނޑައެޅިފައިވާ ސަރަޙައްދަކުން  ހުސްބިން އޮތް ނިސްބަތަކުން އެކަމަށް އެދޭ މީހުންނަށެވެ. މިގޮތުން އޮޑިހަރުގެ އެޅުމަށް ސަރަޙައްދު ކަ ނޑައަޅާނީ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ އޮޑިހަރުގެ އެޅުމަށް ބިން ދިނުމުގައި އިސްކަންދޭންވާނީ އޮޑިހަރުގެ

    ހޯދުމަށް އެދޭ ފަރާތްތަކުގެ ތަރުތީބުންނެވެ. މިގޮތުން އޮޑިހަރުގެ ހޯދުމަށް ހުށަހަޅާ ފަރާތްތަކާއި އޮޑިހަރުގެ އެޅުމަށް ބިން ދެވިފައިވާ ފަރާތްތަކުގެ ރަޖިސްޓަރީއެއް ކައުންސިލުން ބަލަހައްޓަންވާނެއެވެ.

(ނ) އޮޑިހަރުގެ އެޅުމަށް ބިން ދޫކުރެވޭނީ އެއޮޑި ހަރުގެއެއް އެޅުމަށް ނަގާ ބިމުގެ ނިސްބަތުން،

    އަތޮޅު ކައުންސިލްގެ މަޝްވަރާގެ މަތިން ކައުންސިލުން ކޮންމެ އަކަފޫޓަކަށް ކަނޑައަޅާ

    ކުއްޔަކަށެވެ.

(ރ) ވިޔަފާރި އުސޫލުން އޮޑިދޯނިފަހަރު ބަނުމަށް ނުވަތަ ވިޔަފާރި އުސޫލުން އޮޑިދޯނިފަހަރު މަރާމާތު

    ކުރުމަށް އަޅާތަނެއްނަމަ، އެއްވެސް ފަރާތަކަށް އޮޑި ހަރުގެ އެޅުމަށް ބިންދޫކުރަންވާނީ،

    ވިޔަފާރި އުސޫލުން އޮޑިހަރުގެ އެޅުމަށް ބިންކަނޑައަޅައި ކުއްޔަށް ދިނުމަށް އިޢުލާން ކުރުމުން

    ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުމަށް އިސްކަންދީގެން ވިޔަފާރި އުސޫލުންނެވެ.

(ބ) މިގަވާއިދުގެ ދަށުން އެއްވެސް ފަރާތަކަށް ބިމެއް ހަވާލުކުރަންވާނީ ދެ ފަރާތުގެ މެދުގައި

    ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިފަދައިން އެކުލަވާލެވޭ ކޮންމެ

    އެއްބަސްވުމަކަށް ކައުންސިލުން ނަންބަރެއްދީ މި އެއްބަސްވުންތަކުގެ ރަޖިސްޓަރީ ލިޔެ

    ބަލަހައްޓަންވާނެއެވެ.

 

4. އޮޑިހަރުގެ އެޅުމަށް  ދޫކުރެވޭ މުއްދަތު

(ހ) އަލަށް އުޅަނދެއް ބަނުމަށް އޮޑިހަރުގެ އެޅުމަށް ބިން ދޫކުރެވޭނީ ގިނަވެގެން24 (ސައުވީސް)

    މަސް ދުވަހުގެ މުއްދަތަށެވެ. މި މުއްދަތު ކަ ނޑައަޅާނީ މަސައްކަތުގެ ބޮޑުކުޑަމިނަށް ބަލައި،

    ކައުންސިލުންނެވެ.

(ށ) ވިޔަފާރި އުސޫލުން އޮޑިދޯނިފަހަރު ބަނުމަށް ނުވަތަ ވިޔަފާރި އުސޫލުން އޮޑިދޯނިފަހަރު

    މަރާމާތު ކުރުމަށް އަޅާތަނެއްނަމަ، ބިންދޫކުރުމުގައި މުއްދަތު ކަ ނޑައަޅާނީ ބިމާބެހޭ

    ޤާނޫނުގައި ކަ ނޑައަޅާފައިވާ މުއްދަތާ ޚިލާފު ނުވާގޮތުގެ މަތިން ކައުންސިލުންނެވެ.

 

5. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އޮޑިހަރުގެ އެޅުން

(ހ). ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމެއްގައި އޮޑިހަރުގެ އެޅުމަކީ މަނާކަމެކެވެ. އެ ފަދަ ޢަމަލެއް އެއްވެސް މީހަކު ކޮށްފިނަމަ އެމީހަކު އެކުރިކަމެއް އިޞްލާޙުކުރުމަށް ނަސޭހަތްތެރިވާންވާނެވެ. އަދި ދެވަނަފަހަރަށް އެފަދަކަމެއް ތަކުރާރުކޮށްފިނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 500/- (ފަސްސަތޭކަ) ރުފިޔާއާއި -/5000ރ (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު އެ ހަރުގެ ނެގުމަށް އެންގޭނެއެވެ.

 

6. ހަރުގެ އެޅުމަށް ބިން ދެވިފައިވާ މުއްދަތު ހަމަވުމުން، އަލުން މުއްދަތު އިތުރުކޮށްދިނުން

(ހ). އޮޑިހަރުގެ އެޅުމަށް ވަކި ފަރާތަކަށް ދެވިފައިވާ ބިމެއް އެ ފަރާތަށް ދެވަނަ ފަހަރަށް ދޭންވާނީ ރަށުގައި އޮޑިހަރުގެ އެޅުމަށް ކަ ނޑައެޅިފައިވާ ސަރަޙައްދަށް ރިޢާޔަތްކޮށް އޮޑިހަރުގެ އެޅުމަށް އެހެން ފަރާތަކުން އެދިފައި ނުވާނަމައެވެ.

 

 

7. ބިން ވަކިކުރުން

(ހ).  އެއްވެސް ފަރާތަކަށް އޮޑިހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިމެއް، އޮޑިހަރުގެ އެޅުމަށް

     ބިންދޫކުރުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ނުވަތަ މި ގަވާއިދާ ޚިލާފުވެއްޖެނަމަ،

     އެއްބަސްވުމާއި ނުވަތަ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަންތައްތައް ސާފުކޮށް ބަޔާންކޮށް

     އެކަންކަން އިސްލާޙުކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިއުމުން ދޭންވާނެވެ. އަދި އެ

     މުއްދަތުގައި އެކަމެއް އިސްލާޙުކޮށްފައި ނުވާނަމަ ނުވަތަ އެއްފަހަރަށް ވުރެއް ގިނަ ފަހަރު އެ

     ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، އެއްބަސްވުމާއި މި ގަވާއިދާ ޚިލާފު ވެފައިވާކަމާއި، ޚިލާފުވީ

     ގޮތާއި ބިން ވަކިކުރާ ސަބަބު ބަޔާންކޮށް ލިޔުމަކުން އެންގުމަށްފަހު، އެއްވެސް ބަދަލެއް

     ދިނުމަކާ ނުލައި އެ ފަރާތެއްގެ ކިބައިން ބިން ވަކި ކުރުމުގެ އިޚުތިޔާރު ކައުންސިލަށް

     ލިބިގެންވެއެވެ.

(ށ). މި މާއްދާގެ (ހ) ގެ ދަށުން އޮޑިހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިމެއް ވަކިކުރެވިއްޖެނަމަ، އެބިން ސާފުކުރުމަށް ހިނގާ ޚަރަދު އެ ބިމެއް ނަގާފައިވާ ފަރާތެއްގެ ކިބައިން އަތުލުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

8. ކައުންސިލާ ބިން ޙަވާލު ކުރުން

(ހ). މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ބިންފިޔަވައި އޮޑިހަރުގެ އެޅުމަށް ކުއްޔަށްދެވޭ ތަންތަނުގައި ދާއިމީ ބިނާއެއްކޮށްގެން ނުވާނެއެވެ. އަދި އޮޑިހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިން މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ސަބަބަކާހެދި ދޫކޮށްލާނަމަ، އެބިން ހަވާލު ކުރާންވާނީ ނުވަތަ ދޫކޮށްލަން ވާނީ، އެ ބިން ހަވާލުވެފައިވާ ފަރާތުން އެބިމުގައި އަޅާފައިވާ ހަރުގެ ރޫޅައި ބިން ސާފުކުރުމަށްފަހުގައެވް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލް މަޝްވަރާއަށްފަހު މިކައުންސިލުންނެވެ.

(ށ) އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން، ކަ ނޑައެޅިފައިވާ މުއްދަތުގައި މިމާއްދާގެ )ހ( ގައި ބަޔާކޮށްފައިވާ ގޮތަށް ޙަވާލުކޮށްފައި ނުވާނަމަ އެކުރި ކަމެއް އިޞްލާޙުކުރުމަށް އެންގުމާއެކު، ފުރަތަމަ ފަހަރު -/500(ފައްސަތޭކަ) ރުފިޔާއާއި -/1000(އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ދެވަނަ ފަހަރު ތަކުރާރު ކޮށްފިނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000( ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ތަކުރާރު ކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާ 5000/- )ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިން ވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު /5000(ފަސްހާސް( ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތުން އެ ހަރުގެ ނަގަން އަންގާތާ، 30 ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ، އެ ހަރުގެ ކައުންސިލުން ނަގައި އެ ކަމަށްދިޔަ ޚަރަދު އެ ހަރުގޭގެ ވެރިފަރާތުން ހޯދުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

9. އިތުރަށް ހިނގާ ދުވަސްތަކަށް ޖޫރިމަނާ ކުރުން

     ކައުންސިލުން އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން، މިގަވާއިދުގެ 8 ވަނަ

     މާއްދާގެ )ހ) ގައި ކަ ނޑައަޅާފައިވާ ގޮތަށް ބިން ޙަވާލު ނުކުރާ ފަރާތްތައް ދެވިފައިވާ

     މުއްދަތަށްވުރެ   އިތުރުވާ ކޮންމެ ދުވަހަކަށް އެބިން ދޫކުރެވިފައިވާ ކުލީގެ %1( އެކެއް

     އިންސައްތަ) ނިސްބަތުން ޖޫރިމަނާ ކުރެވޭނެއެވެ. މި ގޮތުން މުއްދަތު ހަމަވުމަށްފަހު އިތުރަށް

     ހިނގާ މުއްދަތު 3( ތިނެއް( މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެބިމަކާމެދު މިގަވާއިދުގެ

     7ވަނަ މާއްދާގެ (ހ) އާއި )ށ) ގައިވާ ގޮތަށް ޢަމަލުކޮށް އެ ބިން ހުސްކުރުމުގެ ބާރާއި

     އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

10. އޮޑިހަރުގެ އެޅުމަށް އެކަމަށް އެދިފައިވާ ފަރާތާ ބިން ހަވާލުކުރުން

     އޮޑިހަރުގެ އެޅުމަށް ބިމަށް އެދިފައިވާ ފަރާތްތަކަށް ބިން ޙަވާލުކުރަން ވާނީ ބިން

     ބޭނުންވެގެން ހުށަހަޅާފައިވާ ފަރާތާއި ކައުންސިލާ ދެމެދު ލިއުމުން ވެވޭ އެއްބަސްވުމެއްގެ

     ދަށުންނެވެ. މިގޮތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 5(ފަހެއް) ދުވަހުގެ

     ތެރޭގައި ކައުންސިލުގެ ފަރާތުން އެފަރާތަކަށް ކަނޑައަޅާ ބިން އިން ވަކިކޮށް

     ދައްކަންވާނެއެވެ. ބިމުގެ މުއްދަތު ގުނަންވާނީ ބިން ހަވާލުކުރި ދުވަހުން ފެށިގެންނެވެ.

 

11. އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިން ސާފުތާހިރުކޮށް ބެލެހެއްޓުން

     އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި، ބަލިމަޑުކަމެއް ފެތުރިދާނެ ނުވަތަ ފެތުރުމަށް

     މަގުފަހިވާ ތަކެތި ހުރިނަމަ އެތަކެތި ނައްތާލައި އެތަން އެކަށީގެންވާ ގޮތަކަށް ސާފު

     ތާހިރުކޮށް ބަލެހެއްޓުމަކީ ބިމާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

12. މިގަވާއިދަށް ޢަމަލު ކުރުމުގެ ކުރިން އަޅާފައިހުރި ހަރުގެތައް

     މިގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެއްވެސް ފަރާތަކުން އެ ފަރާތަކަށް ނުވަތަ

     އެ ފަރާތް ނޫން ފަރާތަކަށްނަމަވެސް ދިރިއުޅުމާއި ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޮވަތި

     ގެދޮރުގައި އޮޑިހަރުގެ އަޅާފައިވާ ފަރާތްތަކުން 18( އަށާރަ) މަސްދުވަހުގެ ތެރޭގައި

     އެތަންތަން ރޫޅައި ސާފުކުރަންވާނެވެ. ނުވަތަ އޮޑިހަރުގެ ނޫން ބޭނުންތަކަށް އެތަންތަން

     ބަދަލު ކުރަންވާނެއެވެ. އަދި 1 ޖެނުއަރީ 1993 ދުވަހު ނެރެފައިވާ ]މީހުންއުޅޭ ރަށްރަށުން

     އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމުގެ ގަވާއިދު[ ގެ ދަށުން އޮޑިހަރުގެ ލިބިގެންފައިވާ

     ފަރާތްތަކުންވެސް ކަ ނޑައެޅިފައިވާ މުއްދަތު ހަމަވުމުން އެތަންތަން ގަވާއިދާ އެއްގޮތަށް

     ހުސްކޮށް ކައުންސިލާ ޙަވާލު ކުރަންވާނެއެވެ.

 

13. މިގަވާއިދުގެ ކުރިން އެގްރިމެންޓް ކުރެވި ދޫކުރެވިފައިވާ އޮޑިހަރުގެތައް

    ޖެނުއަރީ 1993 ދުވަހު ނެރެފައިވާ ]މީހުންއުޅޭ ރަށްރަށުން އޮޑިހަރުގެ އެޅުމަށް

    ބިންދޫކުރުމުގެ ގަވާއިދު[ ގެ ދަށުން އޮޑިހަރުގެ ލިބިގެންފައިވާ ފަރާތްތަކަށް އެ ފަރާތާއި

    ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެވިފައިވާ މުއްދަތަށް އެތަނެއް

    ދެމިއޮންނާނެއެވެ.

 

14. ޖޫރިމަނާ

    މިގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާ މެދު، އެހެން ޤާނޫނަކުން ނުވަތަ

    ގަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަ ނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު

    ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/500( ފަސްސަތޭކަ(

    ރުފިޔާއާއި -/1000( އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ

    ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/1000( އެއްހާސް) ރުފިޔާއާއި -/3000 )ތިންހާސް)

    ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ

    /3000( ތިންހާސް) ރުފިޔާއާއި -/5000( ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން

    ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު

    /5000( ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މި ގަވާއިދުގެ ދަށުން

    ކައުންސިލަށް ލިބިގެންވެއެވެ.

 

15. މިގަވާއިދުގެ ދަށުން ކަ ނޑައަޅާ އުސޫލުތައް

    މިގަވާއިދު ނަގަހައްޓައި ހިންގުމަށްޓަކައި، ކައުންސިލުގެ އިޚުތިޞާސްގެ ތެރޭގައި ހިމެނޭ

    ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުސޫލުތައް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ

    3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި އެ އުސޫލުތައް އާންމުކޮށް ޝާއިޢުކުރަންވާނެއެވެ.

 

16. މާނަކުރުން

(ހ) ކައުންސިލް: މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް

    ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު

    (2010/7 )ގެ ދަށުން އިންތިޚާބުކޮށްފައިވާ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު

    ކައުންސިލަށެވެ.

(ށ) "އޮޑިހަރުގެ" މިގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، އޮޑިހަރުގެ ކަމަށް

    ބުނެފައި އެވަނީ، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ތައްޔާރުކުރެވޭ ކޮންމެ ތަނެކެވެ.

 

 

 

29 އޭޕްރިލް 2018
ހޯދާ