މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މަޤާމް :

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4113 ރުފިޔާ ( ހަތަރު ހާސް އެއްސަތޭކަ ތޭރަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/1860 ރުފިޔާ ( އެއް ހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

  • މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ގްރޭޑް 7ގެ ފެންވަރު ހުރުމާއި، ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ،
  • ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން
  • މަސައްކަތުގެ މާހައުލުގައި މުޢާމަލާތް ކުރަންޖެހޭފަރާތްތަކާއި ރަނގަޅަށް މުއާމަލާތް ކުރަން އެނގޭ މީހަކުކަމުގައިވުން
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން
  •  އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.

މަޤާމްގެ މަސްޢޫލިއްޔަތު

  • އޮފީހުގެ އެކިއެކި ޖަލްސާތަކަށާއި ހާއްޞަ ހަލްފާތަކަށް ސައި ތައްޔާރުކުރުމާއި، ސައިކޮޓަރީގެ އެންމެހާ ކަންތައްތަކެއް ކުރުމާއި، އޮފީހުގެ އެންމެހާ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، އެހެނިހެން އިދާރީ ކަންތައްތަކުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ކުރެވޭ އިންޓަރވިއު
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.

ރަސްމީ މަސައްކަތު ގަޑި

  • ހެނދުނު 08:00 އިން 16:00 އަށް. ( ހޮނިހިރު – ބުރާސްފަތި )

ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  •  މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 02 މޭ 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
26 އޭޕްރިލް 2018
ހޯދާ